ފަހުގެ ޚަބަރު


އިތުރަށް...

ފޮނަދު އަށް ގެންދަން ބީލަމަށް ނުލައި ދެ ޖަނަރޭޓަރު ގަތުމަށް ފެނަކަ އިން އެދެފި

ލިޔުނީ: Unknown - Tuesday, September 4, 2012 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:

ލ. ފޮނަދު އަށް ގެންދަން، ބީލަމަށް ނުލައި މިލިއަނަކަށް ވުރެ ގިނަ ރުފިޔާ އަށް ދެ ޖަނަރޭޓަރު ގަތުމަށް ފެނަކަ ކޯޕަރޭޝަނުން ފިނޭންސް މިނިސްޓްރީގެ ހުއްދަ އަށް އެދެފި އެވެ.
ފެނަކަ އިން މިއަދު ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ ފޮނަދު އަށް ޖަނަރޭޓަރު އޯޑަރުކޮށްގެން ގެނައުމަށް ދެ މަހެއްހާ ދުވަސް ނަގާނެ ކަމަށް ލަފާކުރެވޭއިރު އެ ރަށުގެ ރައްޔިތުން މިހާރު ވެސް ތިބީ ކަރަންޓުގެ ހިދުމަތުން މަހްރޫމްވެފައި ކަމަށެވެ. އަދި އެ މައްސަލާގައި ރައްޔިތުން މަގުމައްޗަށް ނުކުމެ އިހްތިޖާޖުކޮށް ކައުންސިލާއި ރައްޔިތުން ނުރުހުންފާޅުކުރަން ފެށުމުން އެކަމަށް އަވަސް ހައްލެއް ހޯދަން މަޖުބޫރުވެފައިވާ ކަމަށް ވެސް އެ ސިޓީގައިވެ އެވެ.
ފެނަކައިން ސިޓީގައި ބުނެފައި ވަނީ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ޑައިރެކްޓް ލިންކް މޯލްޑިވްސް އިން 500 ކިލޯވޮޓުގެ ޕާކިންސް ދެ ޖަނަރޭޓަރު ވިއްކާކަމުގެ މައުލޫމާތު ލިބިގެން އެ ކުންފުންޏަށް ގުޅުމުން އެ ދެ ޖަނަރޭޓަރު ވިއްކުމަށް އެއްބަސްވެފައިވާ ކަމަށެވެ.
"އެހެންކަމުން އެ ދެ ޖަނަރޭޓަރު މިހާރުން މިހާރަށް ގަންނަކަމުގައި ވާނަމަ ބީލަމުގެ އުސޫލުން އެކަންކޮށްގެން ކަންކުރާނެހާ ވަގުތު ނެތީތީވެ ބީލަމުގެ އުސޫލުން ބޭރުން މިކަން ކުރުމުގެ ލަފާފުޅަކަށް އެދެމެވެ. އަދި މި ތަކެތި ގަތުމުގެ ހުއްދައަކަށް އެދެމެވެ. އަދި ހަމައެހެންމެ މި ކުންފުނީގެ މާލީ ހާލަތު މިވަގުތު އޮތް ގޮތުން އެ ދެ ޖަނަރޭޓަރުގެ އަގު ކަމުގައިވާ 1،378،000ރ. މި ކުންފުންޏަށް ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވުން އެދެމެވެ،" ސިޓީގައިވެ އެވެ.
ފޮނަދޫން އިއްޔެ މެންދުރެއްހާއިރު ކަންޓް ކެނޑިފައި ވަނީ އެ ރަށުގައި ބޭނުންކުރަމުން ދިޔަ ޖަނަރޭޓަރުގެ ފެން ޕަންޕަށް މައްސަލަ ދިމާވެގެންނެވެ. އެ ރަށަށް ކަރަންޓް ދެވޭނެ ދުވަހެއް ނޭނގޭއިރު، އެކަމާ ހިތްހިމަނެޖެހިގެން ރައްޔިތުންގެ ބަޔަކު ވަނީ މުޒާހަރާ ކޮށްފައެވެ
ހަވީރު އޮންލައިން އިން ނަގާފައި
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް