ފަހުގެ ޚަބަރު


އިތުރަށް...

ލ. ފޮނަދުއަށް ކަރަންޓް ދިނުމަށް 500 ކިލޯ ވޯޓްގެ އިތުރު ޖަނަރޭޓަރެއް ގަންނަން އޯޑަރު ދީފި

ލިޔުނީ: Unknown - Friday, September 14, 2012 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ލ. ފޮނަދުއަށް ކަރަންޓް ހިދުމަތް ދިނުމަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް 500 ކިލޯގެ އިތުރު ޖަނަރޭޓަރެއް ގަންނަން އޯޑަރު ދީފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
އިއްޔެ ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ފެނަކަ ކޯޕަރޭޝަން ލިމިޑެޓްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ނިމާލް ވިދާޅުވީ، ފޮނަދުއަށް ކަރަންޓްގެ ހިދުމަތް ދާއިމީ ގޮތެއްގައި ދިނުމަށް ސަރުކާރުން ގަތުމަށް ހަމަޖެއްސާފައިވާ ޖަނަރޭޓަރަށް މިހާރު އޯޑަރު ދީފައިވާ ކަމަށެވެ. މީގެއިތުރުން އެރަށަށް ބޭނުންވާ ޕެނަލް ބޯޑެއްވެސް މިޖަނަރޭޓަރާ އެއްކޮށް ގަތުމަށް އޯޑަރ ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.


ނިމާލް ވިދާޅުވީ ރައްޔިތުން އިންޖީނުގެ ހިންގަމުން ދިޔައިރު ބޭނުންކުރި ތިން ޖަނަރޭޓަރުގެ ތެރެއިން 500 ކިލޯ ވޯޓްގެ އިންޖީނު އިންސްޓޯލް ކުރިތާ ހަތަރުމަސް ދުވަހުގެ ތެރޭގައި ހަލާކުވުމާ ގުޅިގެން ދާދިފަހުން ސަރުކާރުން ދިން ޖަންރޭޓަރެއް އިންސްޓޯލްކޮށް ކަރަންޓު ދީފައިވާ ކަމަށެވެ.  އެހެންނަމަވެސް އެޖަނަރޭޓަރުގައިވެސް މައްސަލަޖެހިގެން އެރަށުގެ ރައްޔިތުންނަށް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހިފައިވާކަމަށްވެސް ވިދާޅުވިއެވެ.

ލ. ފޮނަދޫ ކަރަންޓުގެ ޚިދުމަތަށް ގިނަ މައްސަލަތަކެއް ކުރިމަތިވެގެން އުޅޭތާ މިހާރު ގާތްގަނޑަކަށް 7 މަހަށްވުރެ ގިނަދުވަސް ވެފައިވާކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

މިދިޔަ ޖުލައިމަހުގެ 22 ވަނަ ދުވަހުން ފެށިގެން ފެނަކަ ކުންފުނިން ފޮނަދޫ އިންޖީނުގޭގެ ޚަރަދުތައް ބަލަހައްޓަމުން އައިސް، މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން ވަނީ ފެނަކަ ކުންފުނީގެ ދަށަށް އެއިންޖީނުގެ ބަދަލުކޮށްފައެވެ. މިއީ ފެނަކަ ކުންފުނީގެ ދަށަށް ގެނެސްފައިވާ ފުރަތަމަ އިންޖީނުގެއެވެ.

މީގެއިތުރުން ފޮނަދޫގެ ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމަށްވެސް އެކުންފުންޏާ ސަރުކާރުންވަނީ ޙަވާލުކޮށްފައެވެ.
 
ރައީސް ނަޝީދުގެ ސަރުކާރުގައި ފޮނަދޫ އިންޖީނުގެ އޭރު އޮތް ޔޫޓިލިޓީ ކުންފުންޏާއި ޙަވާލުކުރުމާއި މެދު ފޮނަދޫ ކައުންސިލާއިއެދާއިރާގެ މަޖިލިސް މެންބަރު އިންކާރުކުރުމުން އެތަން ޔޫޓިލިޓީގެ ދަށަށް ގެންދެވިފައި ނުވުމުން ރައްޔިތުންނަށްވަނީ ނުހަނު ދަތިތަކާއި ކުރިމަތިވެފައެވެ. ނަމަވެސް އޭރު އެކަން ނުކުރީ ފޮނަދޫ ރައްޔިތުންގެ ސިޔާސީ ފިކުރު އެމްޑީޕީއަށް ވީއްލިދާނެ ކަމުގެ ބިރު ޕީޕީއެމަށް ހީވާތީކަމަށް ބެލެވެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް