ފަހުގެ ޚަބަރު


އިތުރަށް...

ފޮނަދޫން މަދިރި ދުންދަނޑި ހުސްވެއްޖެ

ލިޔުނީ: Unknown - Thursday, September 13, 2012 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ލ. ފޮނަދުއަށް ބަރާބަރަށް ކަރަންޓްގ ނުލިބި ހަތްމަސް ހޭދަކުރަންޖެހުމުން ރަށުގެ ހުރިހައި ފިހާރައަކުން މަދިރި ދުންދަނޑި ހުސްވެފައި ވާކަމުގެ މަޢުލޫމާތު ލިބިއްޖެއެވެ.

ފޮނަދޫން ބައެއް މީހުން ބުނީ ރަށުގެ އެއްވެސް ފިހާރައެއްގައި މަދިރި ދުންދަނޑި ނެތްއިރު ގަމުންވެސް ދުންދަނޑި ހުސްވެފައި ވާކަމަށެވެ.
"ކަރަންޓް ގެ ހާލަތު މިހާބޮަޑަށް ދަށްވެ ރޭގަނޑު އަނދިރީގައި ނިދަން ޖެހުމުން ވަރަށް ގިނަ ޢަދަދަކަށް މަދިރި ދުންދަނޑި ވިކޭ." ފިހާރައެއްގެ ސޭޓް ކިޔައިދިނެވެ. ސޭޓް ބުނީ ޢާއްމުކޮށް އެހާ ޑިމާންޑެއް ދުންދަނޑިއަށް ނޯންނަ ނަމަވެސް ކަރަންޓް ނެތުމުން ކޮއިލް ދުންދަނޑި ބޭނުންކުރާ ނިސްބަތް އިތުރުވެ މުޅި ރަށުންނާއި ގަމުން ދުންދަނޑި ހުސްވެފައިވާކަމަށެވެ. އަދި ވަރަށް އަވަހަށް ދުންދަނޑި ގެންނާނެ ކަމަށްވެސް އެ ސޭޓް ބުންޏެވެ.

ވޭތުވެދިޔަ ތެދިން މަސްދުވަހު ފޮނަދޫ ގިނަ ރައްޔިތުން ނިދަމުން އައިސްފައިވަނީ ވަރަށް ދަތި ޙާލުގައެވެ. އެގޮތުން ގޭގެ ސިޓިންގ ރޫމްގައި ހުރިހައި އެންމެން ނިދުމާއި ބައެއް ގޭގޭގެ ގޯތިތެރޭގައި ގަސްތައް ދަށުގައި ފަތްޖެހި އެނދު ބަހައްޓައިގެންވެސް ނިދަމުން އާދެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް