ފަހުގެ ޚަބަރު


އިތުރަށް...

ރާއްޖޭގައި އަޅާ އެންމެ ބޮޑު ކެމްޕަސް ލ. އަތޮޅުގައި

ލިޔުނީ: Unknown - Sunday, September 16, 2012 ކޮމެންޓް 1
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ރާއްޖޭގައި އަޅާ އެންމެ ބޮޑު ކެމްޕަސް، ލ. އަތޮޅުގައި އެޅުމަށް ނިންމާފައިވާ ކަމަށް ގައުމީ ޔުނިވަސިޓީން ބުނެފި އެވެ.
ޔުނިވަސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރު ހުސެން ހަލީމް ވިދާޅުވީ، މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ މި ކެމްޕަސް އެޅުމަށް ލ. އަތޮޅުގެ ތިން ރަށެއް މިހާރު ޝޯޓްލިސްޓް ކޮށްފައިވާ ކަމަށެވެ. އެއީ ލ. އަތޮޅުގެ ފަޅު ރަށެއް ކަމުގައިވާ ބަރެސްދޫ އާއި ގަމާއި ފޮނަދޫ އެވެ.
ޔުނިވަސިޓީން ބުނިގޮތުގައި މި ކެމްޕަސް ގާއިމު ކުރުމަށް ނިންމާފައިވަނީ 45 ހެކްޓަރުގެ ބިމެއްގަ އެވެ. އެއީ ގާތްގަނޑަކަށް މާލޭގެ ބިމުގެ ދެބައިކުޅަ އެއްބަ އެވެ. މަސްވެރިކަމާއި ދަނޑުވެރިކަމާ ގުޅޭ ގޮތުން ރިސާޗްތައް ހަދާ ކެމްޕަހަކަށް ވުމާއެކު، ކެމްޕަސް ގާއިމު ކުރުމަށް ނިންމާފައިވަނީ، މޫދު ވެސް ހިމެނޭ ގޮތަށެވެ.
ހުސެން ހަލީމް ވިދާޅުވީ، މި ތިން ރަށުގެ ތެރެއިން، ކެމްޕަހެއް އެޅުމަށް އެންމެ ރަނގަޅު ރަށެއް ހޮވުމަށް ލ. އަތޮޅު ކައުންސިލުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެކަން ނިމުމުން އަންނަ އަހަރު ކެމްޕަހުގެ މަސައްކަތް ފަށާނެ ކަމުގައި އޭނާ ވިދާޅުވި އެވެ.
ޔުނިވަސިޓީން ބުނި ގޮތުގައި މި ކެމްޕަސް އިމާރާތް ކުރާނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެގޮތުން އެންމެ ފުރަތަމަ ފިޔަވަހީގައި ހިމެނޭނީ ކިޔަވައިދޭ އެއް ބްލޮކާއި ޓީޗަރުންނާއި ދަރިވަރުންގެ އެކަމޮޑޭޝަން ބްލޮކެއް ކަމަށް އެތަނުން ބުންޏެވެ. މި މަސައްކަތް އަންނަ އިރު ފަށާއިރު، މި ކަމަށް 20 މިލިޔަނެއްހާ ރުފިޔާ ހަރަދު ވާނެ ކަމަށް އެ ތަނުން ލަފާ ކުރެ އެވެ.
ޔުނިވަސިޓީގެ ވައިސް ޗާންސެލަރު ހުސެން ހަމީދު ވިދާޅުވީ، މި ކެމްޕަސް ގާއިމު ކުރަނީ، ބައިނަލްއަގްވާމީ މާކެޓަށް ވެސް ހުޅުވާލައިގެން ކަމަށެވެ. އަދި މިތަނުގައި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ރިސާޗް ހެދޭނެ ގޮތް ފަހިކޮށްދޭއިރު، ރާއްޖޭގެ ހުރިހާ ހިސާބަކުން ވެސް، އެ ކެމްޕަހުގައި ތައުލީމް ހާސިލްކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ ދެ ތިން އަހަރުން ނިންމޭނެ ޕްރޮޖެކްޓެއް ނޫން. މުޅި ކެމްޕަސް އިމާރާތް ކުރުމަށް އެތައް އަހަރެއް ނަގާފާނެ. އަޅުގަނޑުމެން މިތަން ތަރައްގީކުރާނީ ދުރު މުސްތަގްބަލަށް އަމާޒުކޮށްގެން. އެކަމަކު ކޮންމެ އަހަރަކު ވެސް މިތަން ތަރައްގީ ކުރާނަން،" ހަމީދު ވިދާޅުވި އެވެ. 
އޭނާ ވިދާޅުވީ އެ ކެމްޕަސް ގާއިމު ކުރުމަށް ޔުނިވަސިޓީގެ ދަރިވަރުންގެ ފީގެ ގޮތުގައި ލިބޭ ފައިސާއިން ހަރަދު ކުރާނެ ކަމަށެވެ.

ޚަބަރު ނެގީ: ހަވީރު އޮންލައިން އިން
ސޭވްކޮށްފައިވާ ކެޓަގަރީ:

1 ޚިޔާލު: for ރާއްޖޭގައި އަޅާ އެންމެ ބޮޑު ކެމްޕަސް ލ. އަތޮޅުގައި

  1. މިއީ ރައީސް ނަޝީދުގެ އެމްޑިޕީ ސަރުކާރުން މި އަތޮޅުގައި ކުރުމަށް ނިންމާފައިވާ ކަމެއްކަން ޕީޕީއެމް ފަޅި ސިކުނޑި މީހުން ކައިރީ ބުނެލަން

    ReplyDelete

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް