ފަހުގެ ޚަބަރު


އިތުރަށް...

ފޮނަދޫގައި އެމްޑީޕީގެ ޚާއްޞަ ޖަލްސާއެއް ބާއްވައިފި

ލިޔުނީ: Unknown - Wednesday, September 26, 2012 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ލ. ފޮނަދޫގައި އެމްޑީޕީގެ ޚާއްޞަ ޖަލްސާއެއް ރޭ ބާއްވައިފިއެވެ. ރޭގެ ޖަލްސާގައި އެމްޑީޕީ ފޮނަދޫ ދާއިރާގެ ރައީސާއި އެމްޑިޕީ ސަރުކާރުގެ ފުރަތަމަ އެޑިއުކޭޝަން މިނިސްޓަރ އަދި ޔުނިވަރސިޓީގެ ކުރީ ޗާންސެލަރ ޑރ. 
މުސްތަފާ ލުޠުފީ އާއި އެމްޑީޕީ އަންހެނުންގެ ރޫޙްގެ ރައީސާ ޝިޔާމާ އަޙްމަދު ބައިވެރިވެލެއްވިއެވެ.

ފޮނަދޫ އެމްޑީޕީ ހަރުގޭގައި ރޭ އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ. މުސްތަފާގެ ވާހަކަފުޅު ބިނާކުރެއްވީ އެމްޑީޕީ އުފެދިގެން އައިގޮތާއި އެމްޑީޕީގެ ސިޔާސީ ފަލްސަފާގެ މައްޗަށެވެ.


އެމްޑީޕީ އަންހެނުންގެ ރޫޙްގެ ރައީސާގެ ވާހަކަކޮޅު އަމާޒުކުރެއްވީ އެމްޑީޕީ އަންހެން މެންބަރުންނަށެވެ. އަދި ރައީސް ނަޝީދުގެ ވެރިކަމުގައި އުއްމީދުކޮށްގެން ތިބިގޮތަށް ކަންވެގެން ނުދިޔައީ ތިރީސް އަހަރުގެ ދިގު ވެރިކަމުގައި ލާފައިވާ މޫ ތަކުގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.

ފޮނަދޫ ދާއިރާ ރައީސްގެ ވާހަކަައިގައި މި ސަރަޙައްދަށް ނިސްބަތްވާ އެމްޑީޕީ ސަޕޯޓަރުންނަށް މި ސަރުކާރުން ދައްކަމުންދާ ވަޒީފާގެ ބިރުވެރިކަން ހުއްޓާލުމަށް ގޮވާލައްވައި ސަރުކާރަށް އިންޒާރު ދެއްވިއެވެ. ފޮނަދޫ ދާއިރާގެ މަޖިލިސް މެންބަރަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ ޕީޕީއެމްއަށްވެސް ފާޑުވިދާޅުވެފައިވެއެވެ.


ރޭގެ ޖަލްސާގައި ފޮނަދޫ ދާއިރާގެ ޙާލަތާއި އެމްޑީޕީ ކުރިއަރަމުން އަންނަ ގޮތާއި ބެހޭގޮތުން ވަރަށް ފުރިހަމަ ގޮތެއްގައި އަލިއަޅުވާލައި ވާހަކަދެއްކީ އެމްޑީޕީ ފަރާޓުން ފޮނަދޫ ދާއިރާ އަތޮޅު ކައުންސިލަށް ކުރިމަތިލި މެންބަރު އިބްރާހިމް ރަޝީދެވެ. 
މީގެ އިތުރުން އެމްޑީޕީގެ ސަޕޯޓަރުންގެ ތެރޭގައި އެންމެ ނަން ވިދާލާފައިވާ ނަޢީމާ އައްތަވެސް ވާހަކަދެއްކިއެވެ.

އެމްޑީޕީ ފޮނަދޫ ދާއިރާއިން ކުރިއަށް ގެންދާ މި ޙަރަކާތްތަކުގައި މިރޭ މާމެންދޫގައި ޖަލްސާއެއް އޮންނާނެއެވެ. އަދި މާދަމާރޭ ގަމުގައި ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު އަންނަ ހުކުރު ދުވަހުގެ ރޭ ފޮނަދޫ ކުރިގަމު އަވަށުގައިވެސް ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

ފޮނަދޫ ދާއިރާގެ ރައީސާއި އޭނާގެ ޓީމުން އިއްޔެވަނީ ފޮނަދޫގެ ބައެއްގެތަކަށް ޒިޔާރަތްކޮށް ދޮރުންދޮރަށް ކެމްޕޭނެއް ޖައްސާފައެވެ.

ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް