ފަހުގެ ޚަބަރު


އިތުރަށް...

މާމެންދޫ މެޖިސްޓްރޭޓް ކޯޓް އިމާރާތް އެޅުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ލިޔުނީ: Unknown - Wednesday, September 26, 2012 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ހައްދުންމަތީ މާމެންދޫ މެޖިސްޓްރޭޓް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމަށްޓަކައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީ.ޖޭ.އޭ) ގެ ފަރާތުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ މެޖިސްޓްރޭޓް ކޯޓް ޢިމާރާތް ކުރުމުގެ މަސައްކަތް ޙަވާލުކުރުމުގެ ރަސްމިއްޔާތު 26 ސެޕްޓެމްބަރ 2012 ގައި ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގައި ބާއްވައިފިއެވެ.


މިމަސައްކަތް ޙަވާލުކޮށްފައިވަނީ މައްސާޙު ކޮންސްޓްރަކްޝަން އާއެވެ. އެކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަލްފާޟިލް މޫސާ މުޙައްމަދެވެ. މިމަސައްކަތުގެ ވެރިފަރާތް ކަމުގައިވާ ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކޯޓް އެޑްމިނިސްޓްރޭޓަރ މުޙައްމަދު ޙަމީދެވެ.

ހައްދުންމަތީ މާމެންދޫ ގައި ޢިމާރާތްކުރެވޭ މެޖިސްޓްރޭޓް ކޯޓް ޢިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ މާމެންދޫ ކައުންސިލްގެ އިދާރާ އާއި މާމެންދޫ މެޖިސްޓްރޭޓް ކޯޓް މިހާރު ހިންގާ ޢިމާރާތް ވެސް ހުރި ގޯތިތެރޭގައި ކޯޓް ގެ ޢިމާރާތް އެޅުމަށް މާމެންދޫ ކައުންސިލުން ހަމަޖައްސަވައިދެއްވި  4400 އަކަފޫޓް ގެ ބިމެއްގައެވެ. މާމެންދޫ ގައި ޢިމާރާތް ކުމުމަށް ހަމަޖެހިފައިވާ މެޖިސްޓްރޭޓް ކޯޓު ގެ ޢިމާރާތުގެ ޖުމްލަ އަގަކީ 1361733.40  ( އެއް މިލިޔަން ތިން ލައްކަ ފަސްދޮޅަސް އެއްހާސް ހަތްސަތޭކަ ތެއްތިރީސް ރުފިޔާ ސާޅީސް ލާރި ) އެވެ. މަސައްކަތް ނިންމަން ކަނޑައެޅިފައިވާ މުއްދަތަކީ 120 ދުވަހެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް