ފަހުގެ ޚަބަރު


އިތުރަށް...

ފަންސާސް އިންސައްތައިގެ ޑިސްކައުންޓަކާއި އެކު ޝަބްނަމީ ހެދުން ވިއްކާ ފިހާރައިގައި ސޭލްއެއް ކުރިއަށް އެބަދޭ

ލިޔުނީ: Unknown - Sunday, September 30, 2012 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:

ލ. ފޮނަދޫ ޝަބްނަމީ ގްރޫޕުން ހިންގަމުން އަންނަ އަންނައުނު ވިއްކާ ފިހާރަ، ޝަބްނަމީ ޓްރެންޑްސް އިން ފަންސާސް އިންސައްތައިގެ ޑިސްކައުންޓަކާއި އެކު މި މަހު 28 ވަނަ ދުވަހުން ފެށިގެން ސޭލް އެއް ކުރިއަށް އެބަ ގެންދެއެވެ.

ޝަބްނަމީ ހެދުންވިއްކާ ފިހާރައިން އަހަރީ ސޭލްގެ ނަމުގައި ކުރިއަށް ގެންދާ މި ވިޔަފާރިކުރައްވާ ކޮންމެ އެއްޗަކުން ދެބައިކުޅަ އެއްބައިގެ އަގު ވީއްލައިދެމުން ގެންދާކަމަށް ޝަބްނަމީ ގްރޫޕުން މަޢުލޫމާތު ދެއެވެ. އަންހެން، ފިރިހެން ކުދިންގެ ހެދުމާއި ފައިވާނުގެ އިތުރުން ބޮޑެތި މީހުންގެ ޖީންސާއި ގަމީސް އަދި ފަޓުލޫނުގެ އިތުރުން ބެލްސްފަދަ ތަކެތިވެސް އެތަނުން ވިއްކަމުން އަންނަ ކަމަށް ޝަބްނަމީ އިން މަޢުލޫމާތު ދެއެވެ.


ކޮންމެ ދުވަހަކުވެސް ވަރަށް ގިނަ ޢަދަދެއްގެ މީހުން ވިޔާފާރި ކުރުމަށް ޝަބްނަމީ ޓްރެންޑްސް އަށް ވަދެ ތޮއްޖެހިފައި އޮންނަތަން މިހާރު ޢާއްމުކޮށް ފެންނަމުންދެއެވެ. ޝަބްނަމީ ގްރޫޕުން އިބްރާހިމް ނަސީޙް ބުނީ ހިތްހަމަ ޖެހޭވަރަށް ވިޔަފާރި ރަނގަޅު ކަމަށެވެ. އަދި ޢާއްމުންނަށް މިފަދަ ބޮޑު ޚިދުމަތެއް ކޮށްދެވޭތީ ވަރަށް އުފާވާކަމަށްވެސް ނަސީޙް ބުންޏެވެ.

"މިހާރު މި ވާގޮތަކީ ދޭތި ގަނެފިއްޔާ ގިނަ ފަހަރަށް އެކަތި ލިބޭނީ ހިލޭ. އެހެންވީމަ 'ބައި ވަން – ގެޓް ވަން ފްރީ' ކަހަލަ ގޮތަކަށް ދާތީ ކަސްޓަމަރުންވެސް އަދި އަދި ގަނޑުމެންވެސް މި ތިބެނީ ހިތްހަމަ ޖެހިގެން." އިބްރާހިމް ނަޞީޙް އެލް.އޭ އަށް މަޢުލޫމާތު ދެމުން މިއަދު ބުންޏެވެ.

ޝަބްނަމީން މި މަހުގެ 28 ން ފެށިގެން އަންނަ މަހުގެ 10 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ބޮޑު ސޭލް އިން ވިޔަފާރި ކުރަމުން އަންނަ ފަރާތްތައް ގޭގެ ހުރިހައި އެންމެނަށް ޢީދު ހެދުން ގަނެގެން ގެޔަށްދަނީ އުފަލުން ތިބެ ސޭލްގެ ފައްކާ ވާހަކަ ދައްކަމުން ކަން ފާހަގަ ކޮށްލެވެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް