ފަހުގެ ޚަބަރު


އިތުރަށް...

އެމްޑީޕީ ފޮނަދޫ ދާއިރާ ރައީސް އާއި އަންހެނުން ރޫޙްގެ ރައީސާ އަދި ޑރ. މުސްތަފާ ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ގޮސްފި

ލިޔުނީ: Unknown - Saturday, September 29, 2012 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފޮނަދޫ ދާއިރާ ރައީސް މުޙައްމަދު ޒާހިރު (އޯކޭ ޒާހިރު) އާއި އަންހެނުންގެ ރޫޙް ގެ ރައީސާ ޝިޔާމާ އަޙްމަދު އާއި ނަޝީދު ސަރުކާރުގައި އެޑިއުކޭޝަން މިނިސްޓަރުކަމާއި ޔުނިވަރސިޓީގެ ޗާންސިލާކަން ކުރެއްވި ޑޮކްޓަރ މުސްތަފާ ލުޠުފީ ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ގޮސްފިއެވެ.

އެމްޑީޕީގެ މި ވަފުދު ލ. އަތޮޅަށް ޒިޔާރަތްކޮށްފައިވަނީ މިމަހުގެ 24 ވަނަ ދުވަހުގެ ރޭގައެވެ. މި ދަތުރަކީ ފޮނަދޫ ދާއިރާގެ ރައީސް ރާއްވަވައިގެން ފޮނަދޫ ދާއިރާ އަށާއި އަތޮޅުގެ ބައެއް ރަށްރަށަށް އަމާޒުކޮށްގެން ކުރެއްވި ދަތޔރެކެވެ. 

މި ދަތުރުގައި މިމަހު 25 ވަނަ ދުވަހު ފޮނަދޫ ބައެއް ގޭގެއަށް ޒިޔާރަތްކޮށް ދޮރުން ދޮރަށް ކެމްޕޭނެއް ކޮށްފައި ވެއެވެ. އަދި 25 ވަނަ ދުވަހުގެރޭ އެމްޑީޕީ ފޮނަދޫ ހަރުގޭގައި ޖަލްސާއެއް ބާއްވާފައި ވެއެވެ. އަދި 26 ވަނަ ދުވަހު މާމެންދުއާއި ހިތަދުއަށް ޒިޔާރަތް ކޮށްފައި ވެއެވެ. އެ ދެ ރަށުން އެމްޑީޕީ ވަފުދަށް ހޫނު މަރުޙަބާއެއް ކިޔިކަމަށް އެލް.އޭ އަށް މަޢުލޫމާތު ދެއްވައެވެ. މީގެ އިތުރުން 27 ވަނަ ދުވަހުގެ ރޭ ގަމު ދާއިރާއިން އިންތިޒާމުކޮށް ތުނޑީ ބަނދަރު ސަރަޙައްދުގައި ބޭއްވި ޖަލްސާއެއްގައި ބައިވެރިވެފައިވެއެވެ.

އިއްޔެ އެމްޑީޕީން މުޅި ރާއްޖޭގައި ކުރި މުޒާހަރާގައި ބައިވެރިވުމުގެ ގޮތުން އެމްޑީޕީ އަންހެނުން ރޫޙް ގެ ރައީސާ ޝިޔާމާ އަޙްމަދު އިސްވެ ހުންނަވައިގެން ގަމު ތުނޑިން-މުކުރިމަގު ބަނދަރަށް ފައިމަގުގައި ކުރި ދިގު މުޒާހަރާގައި ފޮނަދޫ ދާއިރާ ރައީސްގެ ދެކަނބަލުންނާއި ޑރ. މުސްތަފާ ލުތުފީވެސް ބައިވެރި ވެލެއްވިއެވެ.

މިއީ އެމްޑީޕީގެ ވަފުދެއް މިފަދަ ގޮތަކަށް އައިސް ލ. ގަން-ފޮނަދޫ އަދި ފޮނަދޫ ދާއިރާގައި ޙަރަކާތްތަކެއް ހިންގި ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް