ފަހުގެ ޚަބަރު


އިތުރަށް...

މާބައިދޫ ރައްޔިތުން ރަތަށް އަރައިގެން ކައުންސިލް އިދާރާގައި ހުރި ހަތަރު ކަޅުހަން ލ. އަތޮޅު މަދަރުސާއަށް ގެންގޮސްފި

ލިޔުނީ: Unknown - Saturday, September 29, 2012 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:

ލ. މާބައިދޫގައި ހުންނަ ލ. އަތޮޅު މަދަރުސާގައި ހުރި ފެން ނަގާ ހަންތައް ހަލާކުވެ ގިނަދުވަސްތަކެއް ވެފައި ވުމުން ފެންނެގުމަށް ކައުންސިލް އިދާރާއިން ކަޅުހަން ލިބޭތޯ ރައްޔިތުން މަސައްކަތްކޮށް ކޮޅެއް ނުފެނި ރައްޔިތުން ރަތަށް އަރައި ކައުންސިލް ކައުންސިލް އިދާރާގައި ހުރި ހަތަރު ކަޅުހަން ލ. އަތޮޅު މަދަރުސާއަށް އިއްޔެ ގެންގޮސްފިއެވެ.

މާބައިދޫ ޒުވާނަކު ބުނީ އަތޮޅު މަދަރުސާގައި ހުރި ހަތަރު ހަން ފަޅައިގެންގޮސް އެ ސްކޫލުގައި ބޯފެން ނެގޭނެ ގޮތެއް ނެތިފައި ތިބޭތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ. އަދި އެކަމަށް ހައްލެއް ހޯދުމަށް ކައުންސިލް އިދާރާގައި ބޭނުން ނުކޮށް ބަހައްޓާފައި ހުރި 10 ކަޅުހަމުގެ ތެރެއިން 2 ހަން ސްކޫލަށް ލިބޭނެ ގޮތް ހަދައިދިނުމަށް ރައްޔިތުން ކައުންސިލްގައި އެދިފައި ވާކަމަށްވެސް އޭނާ ބުންޏެވެ. ނަމަވެސް ކައުންސިލްގެ ޖަވާބެއް ނުލިބި ގިނަދުވަސް ވުމުން އިއްޔެ މެންދުރުފަހު ދޭއްޖެހި އިރު އޮތް ރައްޔިތުންގެ ބައްދަލުވުމެއްގައި ރައްޔިތުން ރަތަށް އަރައި ކައުންސިލްގެ ބަހެއް ހޯދުމަށް ކައުންސިލް ރައީސްގެ ގެ ކައިރިއަށް ގޮސް ތިން ވަރަކަށް ގަޑިއިރު ހޭދަވި އިރުވެސް ޖަވާބެއް ނުލިބުމުން ރައްޔިތުން ކައުންސިލް އިދާރާ ކައިރިއަށް އެއްވެ ކައުންސިލް އިދާރާ ގޯތި ތެރޭގައި ހުރި 10 ކަޅުހަމުގެ ތެރެއިން 4 ހަން ނެރެގެން ގެންގޮސް ލ. އަތޮޅު މަދަރުސާ ގޯތި ތެރެއަށް އިއްޔެ ހަވީރު ވައްދާފައި ވާކަމަށްވެސް އޭނާ މަޢުލޫމާތު ދިނެވެ.

މާބައިދޫ ރައްޔިތުންނަކީ އެ ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތައް ހޯދުމަށް ފަސް ނުޖެހި، ޤާނޫނު އަސާސީގެ ޠަރަހައިގެ ތެރޭގައި ތިބެގެން އެމީހުންގެ ޙައްޤު ހޯދުމަށް ވަރަށް ފުރިހަމައަށް ކެރިތިބެ މަސައްކަތް ކުރަމުން އަންނަ ބައެއްކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން އެރަށު ކަރަންޓް މައްސަލަ ހައްލު ކުރުމާއި ޕްރީ ސްކޫލްގެ މައްސަލައިގައިވެސް ވަރަށް ވަރުގަދައަށް އިޙްތިޖާޖް ކޮށް އެމީހުންގެ ޙައްޤު ހޯދާފައި ވެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް