ފަހުގެ ޚަބަރު


އިތުރަށް...

ލ. ގަމުގައި އެމްޑީޕީގެ ޖަލްސާއެއް ބާއްވައިފި

ލިޔުނީ: Unknown - Saturday, September 29, 2012 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ލ. ގަމު ދާއިރާއިން އިންތިޒާމުކޮށްގެން ރޭ ގަމު ތުނޑީ ބަނދަރު ސަރަޙައްދުގައި އެމްޑީޕީ ގެ ޖަލްސާއެއް ބާއްވައިފިއެވެ. މި ޖަލްސާގައި އެމްޑީޕީ އަންހެނުންގެ ރޫޙްގެ ރައީސާ ޝިޔާމާ އަޙްމަދާއި ޤައުމީ ޔުނިވަރސިޓިގެ ކުރީގެ ޗާންސެލަރ ޑރ. މުސްތަފާ ލުޠުފީ އާއި އެމްޑީޕީ ފޮނަދޫ ދައިރާގެ ރައީސް މުޙައްމަދު ޒާހިރު (އޯކޭ ޒާހިރު) ގެ ދެ ކަނބަލުން ބައިވެރި ވެލެއްވިއެވެ.


ރޭގެ ޖަލްސާ ޝަރަފުވެރި ކޮށްދެއްވީ ޑރ. މުސްތަފާ ލުޠުފީއެވެ. ގަމުގެ ވަރަށް ގިނަ ޢަދަދެއްގެ ބަޔަލު ބައިވެރިވި މި ޖަލްސާގައި އެންމެ ފުރަތަމަ ވާހަކަ ދެއްކީ ގަމު އަންހެން ބޭފުޅެއް ކަމަށްވާ ޢާއިޝަތު ނަސީރާ އެވެ. ނަސީރާގެ ވާހަކަ ބިނާކުރެއްވީ ވެރިކަން ބަދަލުވުމުގެ ކުރިއާއި މިހާރު ގަމުގެ ޙާލަތު އޮތް ގޮތުގެ މައްޗަށެވެ.

ޑރ. މުސްތަފާގެ ވާހަކައި މިހާރު ޚިޔާލު ފާޅުކުރުމުގެ މިނިވަން ހަނިކުރަމުންގޮސް އެކަން މިހާރު ނެތް ކަމަށް ވިދާޅުވިއެވެ. އަދި ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަތުމުގެ މާކުރިން ފެށިގެން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހޯއްދަވައިދެއްވުމަށް ވަރަށް ބުރަ މަސައްކަތް ތަކެއް ކުރެއްވި ކަމަށް ވިދާޅުވިއެވެ. އަދި އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރަމުން ގެންދަނީ ރާއްޖޭގައި އިންސާދު ޤާއިމު ކުރުމަށް ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އެމްޑީޕީ ސަރުކާރުގައި ވަޒީރުންނާއި ރައީސް ނަޝީދު އަބަދުވެސް މަސައްކަތް ކުރެއްވީ ރައްޔިތުންގެ ޚާދިމުންގެ ގޮތުގައި ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ކަމަށް ވިދާޅުވިއެވެ. ނަމަވެސް މިހާރު މިއޮތް ބަޣާވާތުގެ ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ އެއާއި ޚިލާފަށް މުޅިން އިދިކޮޅަށް ކަމަށް ވިދާޅުވިއެވެ. އަދި އެމްޑީޕީ ސަރުކާރުން ހޯދާފައިވާ ކާމިޔާބީތަކުގެ މައެްޗަށް ބައްލަވައިލައްވާ ތަޢުލީމީ ދާއިރާގައި ހޯދާފައިވާ ބައެއް ކާމިޔާބީތައް ފާހަގަ ކުރެއްވިއެވެ.

ޑރ. މުސްތަފާއަށް ފަހު ވާހަކަ ދެއްކެވީ އަންހެނުން ރޫޙްގެ ރައީސާ ޝިޔާމާ އަޙްމަދެވެ. އެކަމަނާގެ ވާހަކައިގައި މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އަދި ޝެއިޚް އިމްރާނަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.


















ރޭގެ ޖަލްސާ ގައި ގަމު ދާއިރާގެ އެމްޑީޕީ ޙަރަކާތްތަކަށް ފަންޑު ހޯދުމުގެ ގޮތުން ފަންޑު ފޮށްޓެއްވެސް ހުޅުވުނެވެ. މި ޖަލްސާ ނިމުނީ ގަމު އެމްޑީޕީ އަންހެންވެރިން ތައްޔާރުކޮށްފައިވާ ބޮނޑިބަތް މީރުކޮށްލުމަކުންނެވެ.
 
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް