ފަހުގެ ޚަބަރު


އިތުރަށް...

އެމްޑީޕީ އަންހެނުން ރޫހްގެ ރައީސާ އިސްކޮށް ހުންނަވައިގެން ލ. ގަމުގައި މިއަދު މުޒާހަރާ ކޮށްފި

ލިޔުނީ: Unknown - Friday, September 28, 2012 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު މާލެއިން ބޭރަށް ވަޑައިނުގެންނެވޭ ގޮތަށް ހަދައި، އެމަނިކުފާނާ މެދު ޝަރީއަތްކުރުމަށް ތައްޔާރުވަމުން ދާތީ މިއަދު ލ. ގަމު ތުނޑީ އަވަށުން ފެށިގެން ފައިމަގުގައި މުކުރިމަގު އަވަށު ބަނދަރާއި ހަމައަށް މުޒާހަރާ ކޮށްފިއެވެ.

މި މުޒާހަރާގައި ގަމުގެ ވަރަށް ގިނަ ޢަދަދެއްގެ އަންހެން ކަނބަލުންނާއި ފިރިހެން ބޭފުޅުން ބައިވެރިވިއެވެ. މީގެ އިތުރުން މުޒާހަރާގައި އެމްޑިޕީ އަންހެނުންގެ ރޫހްގެ ރައީސާ ޝިޔާމާ އަޙްމަދާއި ޔުނިވަރސިޓީގެ ކުރީގެ ޗާންސެލަރ ޑރ. މުސްތަފާ ލުތުފީ އާއި ފޮނަދޫ ދާއިރާއި ރައީސްގެ އިތުރުން ފޮނަދޫ އެމްޑީޕީ މެންބަރުންގެ ތެރެއިން ބަޔަކުވެސް ބައިވެރިވިއެވެ.









ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް