ފަހުގެ ޚަބަރު


އިތުރަށް...

ފޮނަދޫ ޕީޕީއެމްގެ ގޮފިތަކަށް ކިޔާފައިވަނީ ފޮނަދޫ އެމްޑީޕީ ގޮފިތަކަށް ކިޔާފައިވާ ނަންތައް

ލިޔުނީ: Unknown - Thursday, September 27, 2012 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:

ލ. ފޮނަދޫގައި ތިބި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ގޮފިތައް އުފައްދާފައި ވާއިރު، އުފެއްދި ދެ ގޮތްޕަށް ކިޔާފައިވަނީ ފޮނަދޫ އެމްޑީޕީ ދެ ގޮތްޕަށް މީގެ އަހަރުތަކެއް ކުރިން ކިޔައި މިހާރުވެސް ބޭނުން ކުރަމުން އަންނަ ނަންތައް ކަން ހާމަވެއްޖެއެވެ.

ޕީޕީއެމް ފޮނަދޫ ގޮފިތަކުގެ ހިންގާ ކޮމިޓީ އެކުލަވާލުމަށް މެންބަރުން ކުރިމަތިލުމަށް މިމަހު 24 ގައި ޢާއްމުކޮށްފައި ދެ އިޢުލާނެއްގައި ވާގޮތުން ފޮނަދޫ ޕީޕީއެމް ގޮފިތަކަށް ދީފައިވާ ނަންތަކަކީ ސިރާޖުއްދީން ގޮތްޕާއި ޢަޒުމް ގޮތްޕެވެ. އެހެން ނަމަވެސް އެމްޑީޕީ ފޮނަދޫ ދާއިރާއިން ބުނީ އެ ދެ ނަމުގައި މީގެ އަހަރުތަކެއް ކުރިން އެމްޑީޕީގެ ދެ ގޮފި ރެޖިސްޓްރީ ކުރެވިގެން ހިންގަމުން އަންނަ ކަމަށެވެ. އެގޮތުން އެމްޑީޕީ ސިރާޖުއްދީން ގޮތްޕަކީ 2008 ވަނަ އަހަރުގެވެސް ކުރިން އުފައްދާފައިވާ ގޮތްޕެކެވެ. އަދި ޢަޒުމް ގޮފީގެ ނަމުގައި 2008 ގެ ފަހުކޮޅު ހިސާބުގައި ގޮތްޕެއް ހިންގަމުން އަންނަ ކަމަށެވެ.

ފޮނަދޫން ވާޙަކަދެއްކި ބައެއް އެމްޑީޕީ މެންބަރުން ބުނީ އެގޮތަށް އެމްޑީޕީން ބޭނުންކުރަމުން އައި ދެނަމުގައި ޕީޕީއެމް އިން ގޮފި އުފައްދާފައި އެވަނީ އެނގި ތިބެ ޤަޞްދުގައި ޖެއްސުމަށް ކަމަށެވެ. ނަމަވެސް އެކަމުން އެކުރެވެނީ ޖެއްސުމެއް ނޫންކަމަށާއި އެކަމުން އެނގިގެންދަނީ ސިޔާސީގޮތުން އަރާއަރަފޯދެން ގާތްނުވާ ކަމާއި ކަންކަމުގައި އެއްވެސް އުރަތްޕެއް ނެތްކަން ކަމަށެވެ.

"ޕީޕީއެމް ވިޔަސް އަދި ރާއްޖޭގެ އެހެން ސިޔާސީ ޕާޓީތައް ވިޔަސް ހިންގަމުން އެގެންދަނީ އެމްޑީޕީ ކޮޕީކުރަމުން 'އެލް-ބޯޑް' ޖަހައިގެން. އެހެންވީމަ އެފަދަ ބަޔަކު ގޮފިތަކަށް އެގޮތަށް ނަން ދިނުމަކީވެސް ހަމަ އެކަށިގެންވާ ކަމެއް." ފޮނަދޫ އެމްޑީޕީ އެހެން މެންބަރެއްގެ ޚިޔާލު ހުރީ މިގޮތަށެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް