ފަހުގެ ޚަބަރު


އިތުރަށް...

އެލައިޑް އިންޝުއަރެންސް އިން އަތޮޅު ތެރޭގައި ވެހިކަލް ވަގުތުން އިންޝުއަރ ކޮށްދިނުމަށް ހަރަކާތްތެރި ވަނީ

ލިޔުނީ: Unknown - Thursday, September 27, 2012 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:

އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ޤާނޫނުގެ 66 ވަނަ މާއްދާގެ (ށ) ގެ ދަށުން އަންނަމަހުގެ 11 ގެ ނިޔަލަށް ތާޑް ޕާޓީ އިންޝުއާ ކުރަންޖެހޭ ގޮތަށް ހަމަޖައްސާފައި ވުމާއި ގުޅިގެން އެލައިޑް އިންޝުއަރެންސް ކުންފުނިން އަތޮޅުތެރޭގައި ރައްޔިތުންނާއި ގާތުން ޚިދުމަތްދީ ވެހިކަލް ވަގުތުން އިންޝުއަރ ކުރެވޭނެގޮތް ހަމަޖެއްސުމަށް އެ ކުންފުނީގެ ޓީމެއް ޙަރަކާތްތެރި ވަމުން އަންނަ ކަމަށް މަޢުލޫމާތު ލިބެއެވެ.

އެގޮތުން މިމަހު 28 އަދި 29 ވަނަ ދުވަހު ހެނދުނު 9:00 އިން 18:00 އަށް ގަމު ތުނޑީ އަވަށު ޕީވީ ހޯލުގައި ޙަރަކާތްތެރިވާނެ ކަމަށް ފޮނަދޫ ކައުންސިލް އިދާރާއިން ކޮށްފައިވާ އިޢުލާނެއްގައި ބުނެއެވެ.

އަދި މިކަމާއި ގުޅޭ މަޢުލޫމާތު އެލީޑް އިންޝުއަރެންސްގެ 3304308 ނަންބަރު ފޯނަށް ގުޅުއްވުމުން ނުވަތަ 7711998 ނަބްރު ފޯނަށް ގުޅުއްވުމުން މަޢުލޫމާތު ލިބޭނެކަމަށްވެސް އެ އިޢުލާނުގައި ބުނެފައި ވެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް