ފަހުގެ ޚަބަރު


އިތުރަށް...

އަންނަ މަހުގެ އެގާރައިގެ ކުރިން އެއްގަމު އުޅަނދުފަހަރު އިންޝުއާކުރަން ޖެހޭ

ލިޔުނީ: Unknown - Thursday, September 27, 2012 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އެއްގަމު އުޅަނދުފަހަރު އަންނަމަހުގެ 11 ގެ ނިޔަލަށް ތާޑް ޕާޓީ އިންޝުއާ ކުރަންޖެހޭނެ ކަމަށާއި އޭގެ ފަހުން އިންޝުއާ ނުކޮށް ދުއްވާ ނަމަ 750ރ. އިން ޖޫރިމަނާކުރާނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފި އެވެ.
އެ އޮތޯރިޓީން މިދިޔަ ހަފްތާ ބޭއް ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ އުޅަނދުތައް ދުއްވަނީ އިންޝުއަކޮށްގެންތޯ، އަންނަ މަހުގެ 11 އިން ފެށިގެން ބަލަމުން ގެންދާނެ ކަމަށެވެ.ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ވެހިކަލް ތާޑްޕާޓީ އިންޝުއަކުރަން ގިނަ އަދަދެއް ބަޔަކު ހުށަހަޅަމުންދާ ކަމަށެވެ.

އެ ގަވައިދަށް އަމަލުކުރަން ފެށުމާ އެކު އުޅަނދު ރަޖިސްޓްރީކޮށްދިނުމާއި ވެރިފަރާތް ބަދަލުކުރުން ފަދަ ހިދުމަތް ދޭނީ ތާޑްޕާޓީ އިންޝުއަރ ކުރުމުން ކަމަށްވެސް ތްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ. ތާޑް ޕާޓީ އިންޝުއާކުރުމަށް 175ރ. އިން ފެށިގެން 1500ރ. އާ ދެމެދުގެ އަދަދެއް ނެގުމަށް އިންޝުއަރެންސް ކުންފުނިތަކުން ވަނީ ނިންމައިފަ އެވެ.

އިންޝުއަރެންސް ކުންފުނިތަކުން ނިންމާފައި ވަނީ 250 ސީސީން ފެށިގެން ދަށް އުޅަނދެއް ނަމަ އެއް އަހަރު ދުވަހުގެ ޕްރީމިއަމްގެ ގޮތުގައި 175ރ. ނަގާ ގޮތަށެވެ. އަދި 250 ސީސީން ފެށިގެން މަތީ ސައިކަލަކަށް 400ރ. ނެގުމަށް ވަނީ ނިންމައިފަ އެވެ. އެގޮތުން އިންޝުއާކުރާ ފަރާތްތަކަށް 100،000 ރުފިޔާ ކަވަރުކޮށްދެ އެވެ.

އެ އޮތޯރިޓީން ބުނީ ވެހިކަލް ތާޑްޕާޓީ އިންޝުއަކުރުމުން 100،000 ރުފިޔާ ގެ ޕެކޭޖްގެ ތެރެއިން މަރުގެ ހާދިސާއެއް ނުވަތަ ހަށިގަނޑުގެ ގުނަވަނަކަށް ދާއިމީ ގޮތަކަށް ލިބޭ ގެއްލުމަކަށް 60,000 ރުފިޔާ ކަވަރުކޮށްދޭނެ ކަމަށެވެ. އަދި އޭގެ ތެރެއިން ޕްރޮޕަޓީ ނުވަތަ ވެހިކަލަށް ލިބޭ ގެއްލުމަށް 40,000 ރުފިޔާ  ކަވަރުކޮށްދޭނެ ކަމަށް ވެސް ބުންޏެވެ. ނަމަވެސް އެކްސިޑެންޓެއް ވެގެން ޑޮކްޓަރަށް ދައްކަންދާ ހަރަދެއް މިއިން ކަވަރެއް ނުކުރާ ކަމަށް އޮތޯރިޓީން ބުންޏެވެ. ޓްރާންސްޕޯޓުން ބުނީ އިންޝުއަކުރުމުން ލިބޭ ހުރިހާ ގެއްލުމެއް ކަވަރ ކުރާ ޕޮލިސީތަކެއް އިންޝުއަރެންސް ކުންފުނިތަކުން ހަދާފައިވާ ކަމަށެވެ.


އެއްގަމު ދަތުރުފަތުރާ ބެހޭ ގާނޫނުގެ ދަށުން ވެހިކަލް އިންޝުއަރ ކުރަން ކަނޑައަޅާފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 15 ގެ ކުރިންނެވެ. ނަމަވެސް ތާޑް ޕާޓީއާ އިންޝުއާ ކުރުމާ ބެހޭ ގަވާއިދު ގެޒެޓްކޮށްފައި ނުވާތީ އެކަން ކުރުމަށް ސަރުކާރުން ދިން ހަ މަސް ދުވަހުގެ މުއްދަތު ހަމަވަނީ އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ.

ތާޑްޕާޓީ އިންޝުއާކޮށްދިނުމަށް އެއްބަސްވެފައި ވަނީ އެލައިޑް އިންޝުއަރެންސާއި ސިލިންކޯ އިންޝުއަރެންސް އަދި އަމާނާ ތަކަފުލް އިން ކަމަށް ޓްރާންސްޕޯޓުން ބުންޏެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް