ފަހުގެ ޚަބަރު


އިތުރަށް...

ހަތަރު މީހުންނާ އެކު ލ. އަތޮޅަށް ދަތުރުކުރި ދޯންޏެއް ގެއްލިއްޖެ

ލިޔުނީ: Unknown - Tuesday, September 18, 2012 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ގއ. އަތޮޅުން ފުރައިގެން ލ. އަތޮޅަށް ދަތުރުކުރި "ރަންކުރި" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް ހަތަރު މީހުންނާ އެކު ގެއްލިގެން އެ ދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފި އެވެ.


ނުވަދިހަ ފަސް ފޫޓުގެ އެ ދޯނީގެ ވެރިފަރާތާ ހަވާލާދީ އެމްއެންޑީއެފުން ބުނީ ދޯނީގައި ތިބި ހަތަރު މީހުންގެ ތެރެއިން ދެ މީހުންނަކީ ދިވެހިންނެވެ. ދެން ތިބީ ބިދޭސީންނެވެ.

އިއްޔެ ހަވީރު 30: 4 ހާއިރު އިންޖީނު ހުއްޓުނު މި ދޯނި ގެއްލިގެން އުޅޭކަމުގެ މައުލޫމާތު ދޯނީގެ ވެރިފަރާތުން ދިނުމާ ގުޅިގެން އެ ދޯނި ހޯދުމުގެ މަސައްކަތް ކަނޑުގެ މަގުންނާއި ވައިގެ މަގުން އެމްއެންޑީއެފް ސަދަން އޭރިއާއިން ވަގުތުން ފަށާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި ރޭ 00: 9 އިން ފެށިގެން މިއަދު 00: 2 އާއި ހަމައަށް ގއ. ކޫއްޑޫން ފެށިގެން އިރަށް 50 މޭލު އަދި ކޫއްޑޫގެ އުތުރަށް 40 މޭލާ ދެމެދުގެ ސަރަހައްދެއް ކަނޑުގެ މަގުންނާއި ވައިގެ މަގުން ބަލާފައިވާ ކަމަށާއި މިހާތަނަށް ކުރެވުނު މަސައްކަތުން ދޯނީގެ އެއްވެސް ހަބަރެއް އަދި ނިޝާނެއް ފެނިފައެއް ނުވެ އެވެ.

އަދި ރަންކުރި” ދޯނި ފެނޭތޯ ގއ. ވިލިގިނލި ބޭރުން ކަނޑުމަގުންނާއި ވައިގެމަގުން ބޮޑުސަރަހައްދެއް މިއަދު މެންދުރު ފަހު 14:00 ފެށިގެން 18:00 ހަމައަށް ވަނީ ބަލާފައެވެ. މިގޮތުން ގއ. ވިލިގިނލީ ބޭރުން ގާތްގަނޑަކަށް 60 މޭލުގެ ސަރަހައްދެއް ކަނޑުމަގުން ބެލިފައިވާއިރު ވިލިނގިލީ ބޭރުން އުތުރާއި ދެކުނުން ގާތްގަނޑަކަށް 50 މޭލުގެ ސަރަހައްދެއް ވަނީ ވައިގެ މަގުން ބަލާފައެވެ. މިހާތަނަށް މިދޯނި ހޯދުމަށް ކުރެވުނު މަސައްކަތުން އަދި ފެނިފައި ނުވާކަމަށް އެމް.އެން.ޑީ.އެފް ސަދަން އޭރިއާއިން މައުލޫމާތު ދެއްވައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް