ފަހުގެ ޚަބަރު


އިތުރަށް...

ދިރާގު ރީޗާޖް އެންޑް ވިން ޕްރޮމޯޝަންގައި މާބައިދޫ މީހަކަށް ގެލެކްސީ އެސް 3 ގެ ފޯނެއް ލިބިއްޖެ

ލިޔުނީ: Unknown - Tuesday, October 9, 2012 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ދިރާގު ރީޗާޖު އެންޑް ވިންގެ ނަމުގައި ކުރިއަށް ގެންދާ ޕްރޮމޯޝަންގެ ހަފުތާގެ އިނާމުގެ ގޮތުގައި ދޭ ގެލެކްސީ 3ގެ ފޯން މިހާތަނަށް ފަސް މީހަކަށް ލިބިފައި ވާއިރު އެއިގެ ތެރެއިން އެއް ނަސީބު ވެރިޔަކަށް ލ. މާބައިދޫ ޢަލީ ޝަރީފް ހޮވިއްޖެއެވެ.

ޢަލީ ޝަރީފަށް މި އަގުބޮޑު، ޒަމާނީ ފޯނު ލިބުމުން ބޮޑު ހައިރާންކަމެއް ލބިގެން ދިޔަކަމަށެވެ.

"..... ބައެއް ރަޙްމަތްތެރިން މަޖަލަށް މިހާރު އަހަންނަށް ކިޔަން ފަށައިފި ސެމްސަންގ ޢަލީ އޭ ވެސް." ދިރާގުން ކުރިއަށް ގެންދާ ޕްރޮމޯޝަންގެ ފަސްވަނަ ހަފުތާގެ ނަސީބު އަތުގައި ހިފި ޢަލީ ޝަރީފް ބުންޏެވެ.

ދިރާގުން ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންދާ 300،000ރ. އަގުބޮޑު މި ޕްރޮމޯޝަންގައި ކޮންމެ ހަފުތާއަކު ވެސް އިނާމު ދޭނެ އެވެ.  މިދިޔަ މަހުގެ 22 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާނެ ކަމަށް ދިރާގުން މަޢުލޫމާތު ދެއެވެ.

ދިރާގުގެ މާކެޓިން އެންޑް ޕީއާރު އެގްޒެކްޓިވް އިބްރާހިމް އިމްޖާދު ޖަލީލް ވިދާޅުވީ މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ކޮންމެ ހަފުތާއަކު މަދުވެގެން 30ރ. ގެ ރީލޯޑް ކުރުމުން ކަމަށެވެ.

"މި ޕްރޮމޯޝަންގައި ރީޗާޖު ކޮށްގެންނާއި ރީލޯޑް ކޮށްގެން ވެސް ބައިވެރިވެވޭނެ،" އިމްޖާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މި ޕްރޮމޯޝަން ނޮވެމްބަރު 22 ގެ ނިޔަލަށް ކުރިއަށް ދާއިރު މި މުއްދަތުގައި 300ރ. ރީލޯޑް ކުރުމުން 300،000ރ. ގެ އަގު ހުރި ފައިސާގެ އިނާމެއް ހޯދުމުގެ ފުރުސަތު ލިބިގެންދާ ކަމަށެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް