ފަހުގެ ޚަބަރު


އިތުރަށް...

ގާދޫ ރައްޔިތުން ފޮނަދުއަށް ބަދަލު ވުމުގެ ފުރުޞަތު ހުޅުވާލައިފި

ލިޔުނީ: Unknown - Tuesday, October 9, 2012 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ސަރުކާރުގެ އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން ގާދޫ ރައްޔިތުން ފޮނަދުއަށް ބަދަލު ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެއްފަސް ކުރުމުގެ މި ފުރުޞަތުގެ ދަށުން ބަދަލުވާ ޢާއިލާތަކަށް އިމާރާތްކޮށް ފުރިހަމަކޮށް ނިމިފައިވާ 03 ކޮޓަރި، 03 ފާޚާނާ، ކާތަން، ބަދިގެ، ސިޓިންގރޫމް އަދި ގޯތިތެރޭގައި ހުސް ބިންކޮޅެއް ހިމެނޭ ގެއެއް (ހިލޭ) ދިނުމަށް ސަރުކާރުން ނިންމަވާފައި ވާކަމަށް އަތޮޅު ކައުންސިލުން މަޢލޫމާތު ދެއެވެ. އަދި ބަދަލުވާ ޢާއިލާތަކަށް ފައިސާގެ އިނާޔަތެއް ދިނުމަށްވެސް ސަރުކާރުން ނިންމަވާފައި ވާކަމަށް ކައުންސިލުން ބުނެއެވެ. 

ގާދޫގައި މިހާރު ދިރިއުޅެމުން އަންނަ ފަރާތްތަކުގެ ތެރެއިން ފޮނަދުއަށް ބަދަލުވާން ބޭނުންވަނީ ކޮންބައެއްތޯ ބެލުމަށް މިނިސްޓްރީ އޮފް ހައުސިންގެ ފަރާތުން ދިރާސާއެއް ކުރުމަށް ނިންމަވާފައި ވާކަމަށް އަތޮޅު ކައުންސިލުން ބުނެއެވެ. އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން ފޮނަދުއަށް ބަދަލުވާން ބޭނުންވާ ގާދޫ ރައްޔިތުން ދިރިއުޅޭ ކޮންމެ ގެއަކުން އެކަމަށްޓަކައި ކައުންސިލް އިދާރާއިން ލިބެންހުރި ފޯމެއް ފުރުއްވައި 18 އޮކްޓޯބަރ 2012 ވަނަ ދުވަހުގެ 14:00 ގެ ކުރިން ކައުންސިލް އިދާރާއަށް ހުށައެޅުއްވުމަށް އެ އިދާރާއިން އެދިލައްވައެވެ. ކައުންސިލް އިދާރާގެ ވެބްސައިޓް www.laamu.gov.mv އިން މު ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތުގެ އެންމެ މުހިންމު އެއް ބޭނުމަކީ، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ރާއްޖޭގެ ހުރިހައި ރައްޔިތުންނަށް ހޯދައިދިނުމެވެ. ތަނެއްގައި އާބާދީ ބޮޑުވުމަކީ އެތަނެއް ހަލުވިކަމާއި އެކު ކުރިއަރާ ކަމެކެވެ. އަދި ތަރައްޤީގެ މަގުގައި އެތަނެއް ހަލުވިކަމާއި އެކު ކުރިއެރުމަށް މަގުފަހިވެގެންދާ ކަމެއްކަމުން ރާއްޖޭގެ ވަކި ސަރަޙައްދު ތަކެއް ތަރައްޤީ ކުރުމަށް ސަރުކާރުން ނިންމަވާފައި ވެއެވެ. އަދި އެފަދަ ސަރަޙައްދުތައް ތަރައްޤީވެގެންދާއިރު ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތާއި ތަޢުލީމާއި ފެނާއި ނަރުދަމާ އާއި ބަނދަރާއި ދަތުރުފަތުރު ކުރުމުގެ ޚިދުމަތް ފުޅާވެ ތަރައްޤީގެ ފުރުޞަތު ބޮޑުވެގެން ދާނެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް