ފަހުގެ ޚަބަރު


އިތުރަށް...

އައި.އައި.ޕީ.ޑީ އިން ލ. ގަމުގައި ހިންގާ ޕްރީސްކޫލް މުދައްރިސުން ތަމްރީނު ކުރުމުގެ ދެވަނަ ކޯހެއް ފަށަނީ

ލިޔުނީ: Unknown - Tuesday, October 9, 2012 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އިންޓަރނޭޝަނަލް އިންސްޓިޓިއުޓް ފޯރ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް (އައި.އައި.ޕީ.ޑީ) އިން ލ. ގަމުގައި ހިންގަމުން އަންނަ މޯބައިލް ސެންޓަރުގެ ފަރާތުން 'އެޑްވާންސް ސެޓްފިކެޓް އިން އާރލީ ޗައިލްޑްހުޑް އެޑިއުކޭޝަން' ކޯހުގެ ދެވަނަ ބުރު އަންނަ މަހު ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެތަނުން ބުނެފިއެވެ.

މި ކޯހުގައި ބައިވެރި ވުމުގެ ޝަރުޠަކީ އޯލެވެލް ތިން މާއްދާއިން ސީ ގްރޭޑްން ފާސްވެފައި ވުން ނުވަތަ ސެޓްފިކެޓް 3 ޙާޞިލް ކޮށްފައި ވުމެވެ. 13 މަސްދުވަހުގެ މި ކޯހުގައި ބައިވެރިންގެ ޖާގަ ދެވެން އޮތީ 30 ދަރިވަރުންނަށް ކަމަށް ގަމުގައި ހުންނަ މޯބައިލް ސެންޓަރުން މަޢުލޫމާތު ދެއެވެ. ކުރިން މި ކޯހުގެ ދަވަނަ ބުރު ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 1 ވަނަ ދުވަހުގައި ނަމަވެސް މިހާރުވަނީ މުއްދަތު ފަސްކޮށްފައެވެ.

ކޯހުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަ ކުރައްވައި ގަމުގައި ހުންނަ މޯބައިލް ސެންޓަރަށް ހުށައަޅުއްވަމުން ގެންދިއުމަށް އެެފަރާތުން އެދިލައްވައެވެ. އިތުރު މަޢުލޫމާތު http://iipd.edu.mv/ ވެބްސައިޓްން ލިބެން ހުންނާނެއެވެ.

ގަމުގައި ހުންނަ މޯބައިލް ސެންޓަރުން ބުނީ މިކޯހުގެ ލެވަލް ތިނެއް މިހާރު ކުރިއަށް ދާކަމަށާއި 50 އިންސައްތަ ފުުރިހަމަކޮށް ޓީޗިންގ ޕްރެކްޓިކަލް އަށް 44 ދަރިވަރުން މިހާރު ނެރެމުން އަންނަ ކަމަށެވެ.

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ޤަބޫލުކުރާ މިކޯސް ހިންގާ އައި.އައި.ޕީ.ޑީ ގެ މައި ސެންޓަރ ހިންގަމުން ގެންދަނީ މާލޭގައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް