ފަހުގެ ޚަބަރު


އިތުރަށް...

'ހެލްޕިންގ ހޭންޑްސް އޮފް މޯލްޑިވްސް' ގެ ނަމުގައި ޖަމިއްޔާއެއް ރަޖިސްޓަރީ ކޮށްފި

ލިޔުނީ: Unknown - Thursday, October 11, 2012 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ފޮނަދޫ ދެ ޒުވާނެއްގެ މަސްޢޫލުވެރިކަމުގެ ދަށުން 'ހެލްޕިންގ ހޭންޑްސް އޮފް މޯލްޑިވްސް' ގެ ނަމުގައި، މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގައި ޖަމުޢިއްޔާއެއް ރަޖިސްޓްރީ ކޮށްފިއެވެ.

މިޖަމްޢިއްޔާއަކީ، ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވައި މަދުކުރުމަށް ޢާއްމުން ހޭލުންތެރި ކުރުވުމާއި އެކުދިންނަށް އުފާވެރި މާހައުލެއްގައި ދިރިއުޅުމުގެ ފުރުޞަތު ހޯދައިދިނުމާއި ޒުވާނުން ކުރިއެރުވުމަށް މަސައްކަތް ކުރުމަށް އުފެއްދި ޖަމުޢިއްޔާއެއް ކަމަށް މަސްޢޫލުވެރިން މަޢުލޫމާތު ދެއްވަ އެވެ.

ލ. ފޮނަދޫ އައިއެފްވިލާ މުޙައްމަދު ފިކްރީ އާއި ބަނަފުސާގޭ ޢަބްދުލް ޙަސީބު އިބްރާހިމްގެ މަސްޢޫލުވެރިކަމުގެ ދަށުން މިމަހު ހަތެއްގައި ރެޖިސްޓްރީ ކުރެވުނު މި ޖަމުޢިއްޔާ ޙަރަކާތްތެރި ވާނެ މައިގަނޑު ދާއިރާ ތަކަކީ ކުޑަކުދިންނާއި ޒުވާނުންގެ ކަންކަމަށް ކަމަށް މަސްޢޫލުވެރިޔާ ޢަބްދުލް ޙަސީބް އެލް.އޭ ނިއުސް އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވި އެވެ.

ޤާނޫނު 2003/1 ޖަމްޢިއްޔާ ތަކާއި ބެހޭ ޤާނޫނުގެ ދަށުން ރެޖިސްޓްރީ ކޮށްފައިވާ 'ހެލްޕިންގ ހޭންޑްސް އޮފް މޯލްޑިވްސް' ވުޖޫދަށް އައިތާ ގިނަދުވަސް ތަކެއް އަދި ނުވިނަމަވެސް ފުޅާ ދާއިރާއެއްގައި ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމާއި ޒުވާނުން ކުރިއެރުވުމަށް ގިނަ ކަންތައްތަކެއް ރާވައި ހިންގުމަށް ހަމަޖެހިފައި ވާކަން މަސްޢޫލުވެރިޔާގެ ވާހަކައިން އެނގިގެން ދިޔައެވެ.

ފޮނަދޫ ކައުންސިލަރު ކަންވެސް ކުރައްވަމުން ގެންދަވާ ޢަބްދުލް ހަސީބް ވިދާޅުވީ ފޮނަދޫގައި ހުންނަ ޖެންޑާ މިނިސްޓްރީގެ ޔުނިޓާއި އެކު މިހާރު ބައްދަލުވުމެއް ބާއްވާފައި ވާނެ ކަމަށެވެ.

"އެއީ ޕޭރެންޓް އެވެއަރނަސް ކޭމްޕެއް ބޭއްވުމަށްޓަކައި. މި ކޭމްޕަކީ މާލޭގެ 'ކެޕްސް' ކިޔާ ޖަމުޢިއްޔާ އަކުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ކޭމްޕެއް. މިހާރު ކެޕްސް އާއި ގުޅިގެން އަޅުގަނޑުމެން މި ބަލަނީ އޭތި ފޮނަދޫގަ ބޭއްވޭތޯ." ހަސީބް ވިދާޅުވީ މިމަހުގެ 18 އާއި 19 ވާ ހަފުތަ ބަންދާއި ދިމާކޮށް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ކަމުގެ ތެރޭގައި ޖަމުޢިއްޔާ އިފްތިތާޙް ކުރުންވެސް ބޭއްވުމަށް ނިންމާފައި ވާކަން ހަސީބް ފާހަގަ ކުރެއްވިއެވެ.

ފޮނަދޫގައި މިހާތަނަށް ގާތްގަނޑަކަށް 8 ޖަމުޢިއްޔާ ރެޖިސްޓްރީ ކުރެވިފައިވެއެވެ. ނަމަވެސް މީގެ ތެރެއިން އެކަށިގެންވާ ގޮތެއްގައި މުޖުތަމަޢަށް ފައިދާހުރި ގޮތަކަށް ޙަރަކާތްތެރި ވަމުން އަންނަނީ ވަރަށް މަދު ޖަމުޢިއްޔާ ތަކެއްކަން ފާހަގަ ކޮށްލަން ޖެހެއެވެ.

ޖަމްއިއްޔާތަކާބެހޭ ޤާނޫނާ އެއްގޮތަށް ޖަމްއިއްޔާތައް ހިންގާ ޤަވާއިދު އިސްލާހުކޮށްފައި ނުވާތީ، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން 152 ޖަމްއިއްޔާއެއް، ޖަމްއިއްޔާތަކުގެ ދަފްތަރުން އުނިކޮށް، އެޖަމްއިއްޔާތައް 2009 ވަނަ އަހަރު ނޮވެމްބަރު މަސް ތެރޭގައި އުވާލާފައި ވެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް