ފަހުގެ ޚަބަރު


އިތުރަށް...

ޠަލާޤަށް ދިންފަދަ ސަޕޯޓެއް އަޙްމަދު ޝައްފާހް ( ޝަފޭ ) އަށް ބޭނުންވޭ

ލިޔުނީ: Unknown - Thursday, October 11, 2012 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މިދިޔަ އަހަރު އެމްއެންބީސީ ވަން (މިހާރުގެ ޓީވީއެމް) އިން ބޭއްވި ވޮއިސް އޮފް މޯލްޑިވްސްގެ ރަން އެއްވަނަ ޙާޞިލްކުރި ލ. ފޮނަދޫ ޙަސަން ޠަލާޤަށް ލިބުނު ރަންވަނައިގައި އަތޮޅު ރައްޔިތުންްގެ ބޮޑު ހިއްސާއެއް އޮތްކަމީ ދެބަސްވެވެން އޮތް ކަމެއް ނޫނެނެވެ.

އަތޮޅުގެ ދަރިއަކު އެފަދަ ބޮޑު ކާމިޔާބެއް ހޯދުން ވެގެން ދިޔައީ 'ކަންކަމުގައި މާ ފަހަތުގައި އުޅޭކަމަށް' މީހުން ދެކެމުން އަންނަ ލ. އަތޮޅަށް ލިބުނު ޝަރަފުވެރި ފެށުމެއް ކަމަށެވެ. ތެދެކެވެ. ލ. އަތޮޅުގައިވެސް ޑިގްރީ ޙާޞިލް ކޮށްފައިވާ ފަރާތްތައްވެސް އެބަތިއްބެވެ. އެއީވެސް ލިބިފައިވާ އަގުހުރި ޝަރަފުވެރި މަޤާމު ތަކެކެވެ. ނަމަވެސް މުނިފޫހި ފިލުވުމުގެ ދާއިރާގައި އެންމެ ނަން މަޝްހޫރު ޝޯވް އަކުން 'ދިވެހިރާއްޖޭގެ އަޑު' ގެ ޝަރަފުވެރި އިނާމު ލިބުން މާބޮޑަށް ފާހަގަ ކުރެވިގެން ދިޔައެވެ. މުނިފޫހި ފިލުވުމުގެ ދާއިރާ ކަމަށް ވީމަ ކަމަށްވެސް ވެދާނެއެވެ.


ކޮންމެއަކަސް ޙަސަން ޠަލާޤަށް ދިންފަދަ ތާއިދެއް އަތޮޅު ރައްޔިތުންގެ ފަރާތުން މިއަތޮޅު އަޙްމަދު ޝައްފާޙް އަށް ވަނީ ދޭން ޖެހިފައެވެ. ހަމައެކަނި އަތޮޅު ދަރިއަކަށް ވީމައެއް ނޫން އިނގޭތޯއެވެ. ހުނަރު ހުރި ފަންނުވެރިއަކަށް ވީމައެވެ. އުއްމީދީ ޒުވާނަކަށް ވީމައެވެ.


ޢަހްމަދު ޝައްފާހް އަކީ ވީޓީވީން މިހާރު ކުރިއަށް ގެންދާ މޯލްޑިވިއަން އައިކަންގައި ހައްދުންމަތި ތަމްޘީލުކުރާ ހަމައެކަނި ލަވަ ކިޔުންތެރިޔާ އެވެ. އޮޑިޝަން އަށްފަހު 13 ބައިވެރިންނާއި އެކު ފަށައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި މިހާރު ތިބީ 8 ބައިވެރިންނެވެ. ގަދަ އަށަކާއި ހަމައަށް ޝައްފާޙް ގޮސްފައިވަނީ ރީތި ލަވަތަކެއް ހުށައަޅާއިގެންނެވެ. މީގެ އިތުރުން ޢާއިލާއާއި ރައްޓެހިންގެ އެހީތެރިކަމާއި ހިތްވަރާވެސް އެކުގައެވެ. ޖަޖުންގެ ހިތުން ޖާގަ ދިނުމަށް މަޖުބޫރު ވާހާ މޮޅަށް ޝައްފާޙް ލަވަ ހުށައަޅައި ދެއެވެ.


މުބާރާތުގެ މިހާތަނަށް ޝައްފާހް ވަނީ ޖުމްލް 5 ލަވަ ހުށައަޅާފައެވެ. އެ ފަސްލަވައަށްވެސް ޖަޖުންގެ ތައުރީފާއި ޖަޖުން ދޭ މާރކްސް ވަރަށް ފުރިހަމައަށްވަނީ ލިބިފައެވެ. ނަމަވެސް ލިބޭ އެސް.އެމް.އެސް އަށް ބަލާއިރު ޝައްފާހް އުޅެނީ އެހާ ކުރިއަކު ނޫނެވެ. 


ވީ މީޑިއާގެ ވީޓީވީ އަކީ  މިއަތޮޅުގެ ހުރިހާ ރަށަކަށް ލިބޭ ޗެނަލް އަކަށް ނުވުން އެއީ ޝައްފާޙަށް ވޯޓް މަދުވާ ސަބަބު ކަމަށް ޤަބޫލު ކުރެވެއެވެ.  ޝައްފާހް އެންމެ ފަހުން މުބާރާތުގައި ލަވަ ހުށަހަޅާފައިވަނީ މިދިއަ ހުކުރުދުވަހުގެ ރޭގަ އެވެ.


ޝައްފާހަށް އެސްއެމްއެސް ކުރުމުގެ ފުރުސަތު ބުރާސްފަތި ދުވަހުގެރޭ 00:00 އާއި ހަމައަށްވަނީ ހުޅުވިފައެވެ. ޝައްފާހްގެ އެސް.އެމް.އެސް ކޯޑަކީ :-
MI (space) 411 sends to 4888

ޝައްފާހްގެ ފޭސްބުކް ފޭން ޕޭޖް
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް