ފަހުގެ ޚަބަރު


އިތުރަށް...

ފޮނަދޫ ފެމިލީ ހެލްތު އޮފިސަރުންނާއި ކޮމިއުނިޓީ ހެލްތު އޮފިސަރުންގެ މަސައްކަތު މާހައުލު ދަށް ފެންވަރަކަށް މި ސަރުކާރުން ވައްޓާލައިފި

ލިޔުނީ: Unknown - Monday, October 1, 2012 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ފޮނަދޫ ރައްޔިތުންގެ ޢާއްމު ޞިއްޙަތު ބަލަހައްޓާ މޮނީޓަރ ކުރުމަށް ތިއްބެވި ހަތަރު ފެމިލީ ހެލްތު އޮފިސަރުންނާއި ދެ ކޮމިއުނިޓީ ހެލްތު އޮފިސަރުން މަސައްކަތް ކުރަން ލިބިފައި މިހާރު ހުރީ ބާވެފައިވާ އެންމެ ދެ މޭޒާއި ދެ ގޮނޑި ކަމަށް އެ ދާއިރާގައި މަސައްކަތްކުރާ ފަރާތަކުން މަޢުލޫމާތު ދީފިއެވެ.

އެ އޮފިސަރު ބުނީ ފޮނަދޫ އެ ބޭފުޅުން ކުރިން މަސައްކަތްކުރަމުން ގެންދިޔަ ތަނުގައި ހުރި ވަޞީލަތްތައް ގަމު ހޮސްޕިޓަލް މެނޭޖްމެންޓުން ގެންގޮސްފައި ވާކަމަށެވެ. އަދި އެތަކެއްޗަކީ ރައީސް ނަޝީދުގެ ވެރިކަމުގައި އުފެއްދި މި ސަރަޙައްދުގެ ހެލްތު ކޯޕަރޭޝަނުން ގެންގޮސް ފޮނަދޫ ޞިއްޙީ މަރުކަޒުގައި ޤާއިމުކޮށްފައިވާ ޔުނިޓްގައި ބަހައްޓާފައިވާ ތަކެތި ކަމަށްވެސް އޭނާ ބުންޏެވެ.

"އައްނި ވެރިކަމުގަ ހެލްތު ކޯޕަރޭޝަނުން ގެނެސްފަ ހުރި އެއްޗެހި ރީތިކަމުން، އާކަމުން އިނގިލިކުރި ޖައްސާލަންވެސް ނުކެރޭނެ." ޞިއްޙީ މަރުކަޒުގައި ހުރި އެބޭފުޅުންގެ ސެކްޝަން ތެރޭގައި މިހާރު ބަހައްޓާފައި ހުރި ދެ މޭޒާއި ގޮނޑީގެ ފޮޓޯއެއް ނެގުމަށް އެތަނަށް ދިއުމުން ކިޔައިދޭން ފެށިއެވެ.

"އަދި އެވަރުން ނިމުނީ އެއްނޫން. އަންނި ވެރިކަމުގައި މިރަށު އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރުމަށް އޭރު އޮތް ކޮމެޓީ މީހުން އައްނި ކައިރީ ބުނެގެން ހޯދި އީސީޖީ މެޝިންވެސް އެ ގެންދިޔަ ތާކަަށް ގެންދިޔަތަން ކިތަންމެ ދުވަހެއް ވެއްޖެ. މިހާރު މިތަނުން (ފޮނަދޫ ޞިއްޙީ މަރުކަޒުން) ގިނަ ޓެސްޓްތައްވެސް ނުހެދޭ." ރައީސް ނަޝީދަށް އެއްގޮތަކަށްވެސް ތާއިދު ނުކުރި ނަމަވެސް އެލް.އޭ އަށް މަޢުލޫމާތު ދިން އޮފިސަރު ޙަޤީޤަތް ހާމަކުރިއެވެ.

ފޮނަދޫ ޞިއްޙީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ މި އޮފިސަރުންގެ ޝަކުވާ ބަލައިލުމަށް ޞިއްޙީ މަރުކަޒުގައި ހުރި ތަކެތި ބަލައިލަން ވަދެފައި ހައިރާން ކަން ލިބިގެން ދިޔަކަން މި ތާނގައި ފާހަގަ ކޮށްލަން ޖެހެއެވެ. ހަ ބޭފުޅުން މަސައްކަތް ކުރުމަށް ހުރި ސެކްޝަންގައި އެއްވެސް ތަރުތީބެއް ނެތެވެ. އެ ބޭފުޅުން ބުނިގޮތުންވިއްޔާ ގަމު ހޮސްޕިޓަލުން ގެނެސްފައިހުރި ދެ މޭޒާއި ދެ ގޮނޑިއަކީ ނީލަމެއްގައި ވިއްކާލަން ހަމަ އެންމެ އެކަށޭނަ ދަރަޖައަށް ގޮސްފައިހުރި ތަކެއްޗެވެ. ކުރިން އެބޭފުޅުން މަސައްކަތް ކުރަމުން ގެންދިޔައިރު ކޮމްޕިއުޓަރު ފަދަ ޒަމާނީ ވަޞީލަތްތައްވެސް އެތާނގައި ހުއްޓެވެ. 
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް