ފަހުގެ ޚަބަރު


އިތުރަށް...

ފޮނަދޫ އިންޖީނުގެ ހިންގުމާއި ފެނަކަ އިން ޙަވާލުވިތާ ތިން ހަފުތާ ފާއިތުވިއިރު ކަރަންޓްގެ ޙާލަތަށް އެއްވެސް ކުރިއެރުމެއް ނުފެނޭ

ލިޔުނީ: Unknown - Tuesday, October 2, 2012 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މީގެ ދެތިން ހަފުތާ ކުރިން ފޮނަދޫ އިންޖީނުގެ ހިންގުމާއި ފެނަކަ އިން ޙަވާލުވެ ކަރަންޓްގެ ޙާލަތު ރަނގަޅުކުރުމަށް ހަފުތާއެއްވަރު ނަގާނެ ކަމަށް ބުނި ނަމަވެސް  ކަރަންޓްގެ ޙާލަތު ރަނގަޅުވަމުން ނުދާކަމަށް އެ ރަށު މީހުން ބުނަން ފަށައިފިއެވެ.

ވަހީދު ޙަސަންމަނިކުގެ ސަރުކާރުން ރާއްޖޭގެ ވެރިކަމާއި ޙަވާލުވިފަހުން ފޮނަދޫ ރައްޔިތުން ކަނު އަނދިރީގައި ދުވަސްތައް ހޭދަކުރަމުން އަންނަނިކޮށް ޔޫޓިލިޓީ ކުންފުނީގެ ނަން ކަނޑާލައި ފެނަކައި ނަމުގައި ހިންގަންފެށި ކުންފުނިން ފޮނަދޫ ނަރުދަމާ ނިޒާމާއި ކަރަންޓްގެ ނިޒާމާއި ޙަވާލުވިފަހުން ނަރުދަމާ ނިޒާމުގެ ހޮޅިތައް ގުޅާލުމުގެ ހުއްދަ ޢާއްމުންނަށް ދެވިފައި ނުވާއިރު ކަރަންޓްގެ ޙާލަތަށްވެސް އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާކަން ދުވާލަކު އެތައް ފަހަރަކު ކަރަންޓް ކެނޑި ދެގަޑި ތިންގަޑި އިރު ހޭދަވަމުން އަންނަ އައުމުން ހާމަވާކަން ފާހަގަ ކޮށްލެވެއެވެ.
ފޮނަދުއަށް ކުރިމަތިވެފައިވާ ކަރަންޓް ކެނޑުމުގެ މުޞީބާތުގެ ސަބަބުން މިއަދަށް އެކަނި ބަލައިލި ނަމަވެސް ބައެއް ހިސާބުތަކުން ހަތަރު ފަހަރަށް ކަރަންޓް ކަނޑައިގެން ގޮސްފައިވެއެވެ. އެގޮތުން މިއަދު ހެނދުނު ބައެއް ހިސާބުތަކުން ކަރަންޓް ދިޔަގޮތަށް ކަރަންޓް އައިސްފައި ވަނީ ދެ ގަޑިއިރު ފަހުންނެވެ. މެންދުރުފަހު ތިނެއް ޖަހަން އުޅެނިކޮށް ކަރަންޓް ކަނޑައިގެންގޮސް ކަރަންޓް ލިބުނީ އިރު އޮއްސި ހަތެއް ޖަހަން އުޅެނިކޮށެވެ. އެއަށްފަހު ދިހައެއް ޖަހަން އުޅެނިކޮށް ކަރަންޓް ގޮސްފައި އައީ އެގާރަ ޖެހި އިރު އެވެ. އޭގެ އިރުކޮޅެއް ފަހުން އަނެއްކާވެސް ކަރަންޓް ކަނޑައިގެން ދިޔައެވެ. ދިހަ ވަރަކަށް މިނެޓަށް ނަމަވެސް ކަރަންޓް ކަނޑައިގެން ދިއުމުން ރައްޔިތުންނަށް ލިބިގެންދަނީ ކިހާބޮޑު ގެއްލުމެއް ކަމެއް އެމެރިކާގައި ޗުއްޓީ ހޭދަކުރަމުން ގެންދަވާ ވަހީދު ހަސަންމަނިކަށް އެނގި ނުލައްވަފާނެއެވެ. އަދި މާލޭގެ ފިނި ކޮޓަރީގައި ދިރިއުޅުއްވާ ފޮނަދޫ ރައްޔިތުން އެހާމެ ލޯބިވާ މެންބަރު ޢަބްދުއް ރަހީމަށް އިޙްސާސް ނުކުރެވިދާނެއެވެ.
އެހެނަސް ޙަޤީޤަތަކީ ފޮނަދޫ ރައްޔިތުން އަމިއްލައަށް ފޭހުނު އިލޮށިގަނޑުހެރި ކަރު ބުޑުގައި ހިތިކަން ކިތަންމެ ވަރަކަށް ހުރިނަމަވެސް އެކަން ސިއްރުކޮށްގެން ތެޔޮފެންލައި އޮމާންކޮށްގެން އުޅުނަސް މިއަދު ފޮނަދޫ ރައްޔިތުންވެފައިވަނީ ވަރަށް ނިކަމެތި ބަޔަކަށެވެ.
ވިސްނާނުލާ ކުރާ ކަމަކުން ގިސްލާ ރޯންޖެހިފައެވެ. އެކަމަކު ރޮވޭކަމަށް ނުހަދާ ތިބެނީއެވެ. ރަސޫލު ޒަމާނުގެ ޔަހޫދީން ތިބި ގޮތުގައި ނޭނގި ނަމަވެސް މަޢުމޫނާއި ކަލާންގެއާއި އެއްފަދަ ކުރެވޭ ދަރަޖައިގަކަމަށްވެސް ހީވާހާ މަޢުމޫނީ ހުން ޖެހިފައެވެ.
އެނގޭހާވެސް ކަމަކީ ނުވަތަ ފެންނަހާވެސް ކަމަކީ ވަހީދުގެ ފެނަކަ ކުންފުނި ކަރުނަ ކުންފުންޏަކަށް ވެއްޖެ ކަމެވެ. ފެނަކަ އަށް ނަން ބަދަލު ކުރިއަސް އަދިވެސް އޮޅުވާލުމެއްގައި ސައުތު ސެންޓްރަލް ޔޫޓިލިޓީ ކުންފުނީގެ ނަމާއި ލޯގޯ އާއި ލެޓަރހެޑްވެސް ބޭނުންކުރަމުން އަންނަކަމީވެސް ވިސްނާ ބަޔަކަށް އެއްޗެއް ވިސްނޭނެ ކަމެއްކަމަށް ހިކަނދީގެ ދަރަޖަ ދީފައިވާ ފޮނަދޫ އެމްޑީޕީ މެންބަރުން ޤަބޫލުކުރެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް