ފަހުގެ ޚަބަރު


އިތުރަށް...

މާމެންދޫ ކައުންސިލް ރައީސް ފަރުވާކުޑަ ކުރުމާއި އަމިއްލަ މަސްލަޙަތު އިސްކުރާކަމަށްބުނެ ކައުންސިލުން ޤަރާރެއް ފާސްކޮށްފި

ލިޔުނީ: Unknown - Sunday, October 14, 2012 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ލ. މާމެންދޫ ކައުންސިލްގެ ރައީސް އަޙްމަދު ފައިސަލް ރައީސްގެ މަސްޢޫލިއްޔަތު އަދާކުރުމުގައި ފަރުވާކުޑަކުރުމާއި، ބައެއް ކަންކަމުގައި އަމިއްލަ މަސްލަޙަތު އިސްކޮށްފައިވާތީ އެކަމާއި ކަންބޮޑުވުން ފާޅުކޮށް ކައުންސިލަރ އަބޫބަކުރު ޙުސައިން އާއި ޢަލީ ޝިފާޒް ހުށައެޅި ޤަރާރެއް ކައުންސިލުން ފާސްކޮށް ޢާއްމު ކޮށްފިއެވެ.


މިމަހުގެ ހަތަރުވަނަ ދުވަހު ތިން ކައުންސިލަރުން ސޮއިކޮށް ހުށައެޅި މި ޤަރާރު ފާސްކޮށްފައިވަނީ ކައުންސިލްގެ 34 ވަނަ ޖަލްސާގައި ކަމަށް ޤަރާރު ހުށައެޅުމުގައި އިސްނެންގެވި ކައުންސިލް މެންބަރު ޢަބޫބަކުރު ޙުސައިން އެލް.އޭ ނިއުސްއަށް މަޢުލޫމާތު ދެމުން ވިދާޅުވިއެވެ.

އެލް.އޭ ނިއުސް އަށް ކޮޕީއެއް ލިބިފައިވާ މި ޤަރާރުގައި 13 ނުކުތާއެއްގެ ދަށުން ގިނަ މައްސަލަތަކެއް ފާހަގަ ކޮށްފައި ވެއެވެ. އެގޮތުން ކައުންސިލްގެ އެކިއެކި ބައްދަލުވުންތަކުން ނިންމާފައިވާ ވަރަށް ގިނަ ކަންތައްތައް ތަންފީޒު ކޮށްފައި ނުވާކަން ފާހަގަ ކުރެވެއެވެ. ހަމަ އެހެންމެ ޤާނޫނު ލާޒިމު ކުރާ ކަންކަމަށް ފަރުވާކުޑަ ކުރުން ފާހަގަކޮށް އެކަމުގެ މައްޗަށްވެސް ބަލައިލާފައި ވެއެވެ.

އަދި މީގެ އިތުރުން ރައީސްގެ މަސްޢޫލިއްޔަތު އަދާކުރުމާއި ޒިންމާދާރު ކުރުވުމަށްޓަކައި ކައުންސިލް މެންބަރުން ކޮށްފައިވާ ކަންކަންވެސް ފާހަގަކޮށްފައި ވެއެވެ.

ކައުންސިލް ރައީސް އަޙްމަދު ފައިސަލާއި ދެކޮޅަށް ހުށައަޅައި ފާސްކުރެވުނު މި ޤަރާރު ހުށައެޅުމުގައި ކައުންސިލްގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީއަށް ނިސްބަތްވާ ދެކައުންސިލަރުން ކަމަށްވާ އަބޫބަކުރު ޙުސައިން އާއި ޢަލީ ޝިފާޒްގެ އިތުރުން ޑީއާރްޕީ ޓިކެޓްގައި ވާދަކޮށް ހޮވިފައިވާ އަދި މިވަގުތު ކައުންސިލް ނައިބް ރައީސްގެ ގޮތުގައި ހުންނެވި ކައުންސިލަރ މޫސާ ވަޙީދުވެސް ސޮއި ކުރައްވާފައި ވެއެވެ. ޤަރާރުގައި ސޮއިކޮށްފައި ނުވަނީ އަހަރީ ޗުއްޓީގައި ހުންނެވި މި މައްސަލަ ނިސްބަތްވާ ކައުންސިލް ރައީސް އަޙްމަދު ފައިސަލް އާއި ސަލާމުގައި ހުންނެވި ކައުންސިލަރ ޢަބްދުލް ޙަމީދު އިބްރާހިމެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް