ފަހުގެ ޚަބަރު


އިތުރަށް...

ލ. އަތޮޅު ކައުންސިލް ރައީސްގެ އިތުބާރު ނެތްކަމަށް ވޯޓް ނަގައި މަޤާމުން ދުރުކޮށްފި

ލިޔުނީ: Unknown - Monday, October 8, 2012 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ހައްދުންމަތީ އަތޮޅު ކައުންސިލްގެ ދެވަނަ ރައީސް ގެ އިތުބާރު ނެތްކަމުގެ ވޯޓެއް މިއަދު ނަގައި ރައީސްކަމުން ދުރުކޮށްފިއެވެ.

އިސްދޫ ދާއިރާގެ ކައުންސިލް މެމްބަރު އަހްމަދު އާސިފް ގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓް ނަގާފައިވަނީ މިއަދު ބޭއްވި އެކައުންސިލްގެ ބައްދަލުވުމުގެ އެޖެންޑާ ނަންބަރު 3 ގެ ދަށުން ކަމަށް މަޢުލޫމަތު ލިބިފައިވެއެވެ.

މިއަދުގެ ޖަލްސާގައި ބައިވެރި ވެލެއްވި ހަތް މެމްބަރުން ގެ މެދުގައި ނެގުނު ސިއްރު ވޯޓްގެ ނަތީޖާ ދެއްކީ ފަސް މެންބަރަކު އާސިފްގެ އިތުބާރު ނެތްކަމަށް  ބުނިއިރު ދެ މެންބަރުން ބުނެފައިވަނީ އިތުބާރު ކުރާ ކަމަށެވެ. އިތުބާރު ނެތްކަމުގެ ވޯޓް ނެގުމުން މިހާރު ކައުންސިލް ރައީސް އެ މަޤާމުން އިސްތިޢުފާ ދެއްވާފައި ވާކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.

މިއަދު ބޭއްވުނު ބައްދަލުވުމުގެ އެޖެންޑާއަށް މި މައްސަލަ ހުށައެޅުއްވީ އެމްޑީޕީ ޓިކެޓްގައި ހޮވިފައިވާ މާވަށު ދާއިރާގެ މެމްބަރު އަޙްމަދު މުޢިއްޒު އެވެ. މުޢިއްޒު ވިދާޅުވީ އެ މައްސަލަ ހުށައެޅީ ކައުންސިލް މެންބަރުން ފާހަގަ ކޮށްފައިވާ ކަންތައްތައް ރައީސަށް ތަންފީޒު ނުވުމާއި އަދި އެކަންކަން ހައްލުކުރުމަށް ރައީސާ (ކައުންސިލް މެންބަރުން) ވާހަކަ ދައްކާފައި ވާއިރު އެކަން ހައްލު ނުކޮށް ދުވަސްތަކެއް ވެފައިވާތީ ކަމަށެވެ.

އިތުރަށް ތަފްޞީލް ދެއްވަމުން މުޢިއްޒު ވިދާޅުވީ ކައުންސިލުން ނިންމާ ކަންތައްތައް ތަންފީޒު ކުރަންޖެހެނީ ރައީސް ނުވަތަ ނައިބް ރައީސް ކަމަށްވާއިރު ކައުންސިލް ރައީސް އެކަންކަން ތަންފީޒު ނުކުރައްވައި ގިނަ ދުވަސްތަކެއް ވޭތިވެއްޖެ ކަމަށެވެ. 

އެގޮތުން ފާހަގަ ކުރެވޭ ބައެއް ކަންކަން ހިއްސާ ކުރައްވަމުން ވިދާޅުވީ ލ. އަތޮޅުގެ ފަޅުރަށްތަކުގެ މައްސަލަ އެތައް ފަހަރެއްގެ މަތިން ކައުންސިލުން ނިންމާފައި ވާކަމަށް ވިދާޅުވިއެވެ. ހަމަ އެހެންމެ ކައުންސިލް އިދާރާ ގޯތިތެރޭގައި ހުންނަ ދަނޑުބިން ފިހާރައިގެ މައްސަލަ އާއި ރަށްރަށުގައި ހުރި ހިންނަ ތަކުގެ މައްސަލަވެސް ކައުންސިލުން ނިންމާފައި ވާނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ރަށްރަށުގައި ރައްޔިތުންގެ ނަމުގައި ހުރި ގެސްޓް ހައުސް ތަކާއި ބޭސްފިހާރަތައް ފަދަ ތަންތަނުގެ މައްސަލަތައްވެސް ކައުންސިލުން ނިންމާފައި ވިޔައިން މިއިން އެއްވެސް ކަމެއް ތަންފީޒު ވަމުން އަންނަތަން ނުފެންނަ ކަމަށް ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން ކައުންސިލުން ކުރަންޖެހިފައިވަ މަސައްކަތްތައް ހުއްޓިފައި ވާކަމަށްވެސް ވިދާޅުވިއެވެ.

މުޢިއްޒު އިތުރަށް ވިދާޅުވީ ކައުންސިލް ރައީސް ކަމަށް ދިއުމަށް ޤަސްދު ނުކުރައްވާ ކަމަށާއި އަދި އެހެން މެންބަރަކުވެސް އެކަމަށް އުޅުއްވާކަން އެނގިފައި ނުވާކަމަށެވެ.


އަތޮޅު ކައުންސިލްގައި ތިއްބަވާ މެންބަރުންގެ ތެރެއިން މުޢިއްޒު ފިޔަވައި ދެން ތިއްބަވަނީ ޑީއާރްޕީ ޓިކެޓްގައި ވާދަކޮށް ކައުންސިލަށް ހޮވިފައިވާ ބޭފުޅުންނެވެ. އަތޮޅު ކައުންސިލްގެ ފުރަތަމަ ރައީސް އިބްރާހިމް އަނީސްގެ އިތުބަރު ނެތްކަމުގެ ވޯޓް ނަގާފައިވަނީ ވެސް ކައުންސިލްގެ މަސައްކަތްތައް ހުއްޓިފައިވާ ކަމަށް ބުނެ އެކަމާއި ހިތްހަމަނުޖެހުން ފާޅުކޮށް އެކައުންސިލުން ބޭއްވި ބައްދަލުވުމެއްގައި ކައުންސިލްގެ ރައީސް އިސްތިޢުފާއަށްވެސް ގޮވުމަށް ފަހުގައެއެވެ.



އާސިފް މިއަދު ވިދާޅުވީ އޭނާ މަގާމުން ވަކިކޮށްފައި ވަނީ ސާބިތު ހިފޭ ފަދަ މައްސަލަތަކެއް ދައްކައިގެން ނޫން ކަމަށެވެ. އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް ހުށަހެޅި މައްސަލަތަކުގައި ވާހަކަ ދެއްކުމުގެ ބަދަލުގައި، މެމްބަރުން ބޭނުންވީ އަވަހަށް ވޯޓު ނަގައި ނިންމުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް