ފަހުގެ ޚަބަރު


އިތުރަށް...

ރައީސް ނަޝީދު ހައްޔަރުކޮށްގެން މާލެ ގެންދިއުމަށް ދަތުރުކުރަމުންދަނީ

ލިޔުނީ: Unknown - Monday, October 8, 2012 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ހުޅުމާލޭ ކޯޓަށް ޙާޒިރު ކުރުމަށް ފަރެސް މާތޮޑާގައި ހުންނަވަނިކޮށް ފުލުހުން މިއަދު ހެނދުނުހައްޔަރުކޮށްފައިވާ ރައީސް ނަޝީދު މާލެ ގެންދިއުމަށް ދަތުރުކުރަމުން އެބަދެއެވެ.

މިއަދު 14:40 ހާއިރު ނަޝީދު ގޮވައިގެން ދަތުރު ކުރަމުންދާ ޕޮލިސް ލޯންޗް ކައްދޫ ބަނދަރަށް މަޑުކުރުމަށްފަހު ވެހިކަލެއްގައި ފޮނަދޫ ޕޮލިސް ސްޓޭޝަނަށް ގެންދިޔަ ކަމަށް މަޢުލޫމާތު ލިބެއެވެ. އެއަށްފަހު 15:05 ހާއިރު އަލުން ކައްދުއަށް ގެންގޮސް ޕޮލިސް ލޯންޗަށް އެރުވި އެވެ. އަދި 15:25 ހާއިރު ރައީސް ނަޝީދު ގޮވައިގެން މާލެ ދިއުމަށް ފުލުހުން ލ.ކައްދޫން ލޯންޗެއްގައި ފުރައިގެން ދަތުރު ކުރަމުން އެބަދާކަމަށް މަޢުލޫމާތު ލިބެއެވެ.


ރައީސް ނަޝީދު ހައްޔަރުކޮށްގެން ލ.ފޮނަދޫ ޕޮލިސް ސްޓޭޝަނަށް ގެންދިޔަކަމަށް އެމްޑީޕީން ވެސް ބުނެ އެވެ. ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި މަޖިލިސް މެމްބަރު އިލްޔާސު ލަބީބާއި އިމްތިޔާޒު ފަހުމީ ރައީސް ނަޝީދުގެ އަރިހުގައި ތިއްބެވި ކަމަށް މައުލޫމާތު ލިބެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް