ފަހުގެ ޚަބަރު


އިތުރަށް...

ފޮނަދޫ އަދި މާވަށް ދާއިރާގެ ފެރީގެ ޚިދުމަތް މެދުކެނޑިފައި އޮންނަތާ ދެ ހަފުތާ އަށްވުރެން ގިނަދުވަސް ވެއްޖެ

ލިޔުނީ: Unknown - Monday, October 8, 2012 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:

ލ. އަތޮޅު ފޮނަދޫ އަދި މާވަށް ދާއިރާއަށް މޯލްޑިވްސް ދޯނި ސަރވިސް އިން ދެމުންގެންދާ ފެރީގެ ޚިދުމަތް މެދުކެނޑިފައި އޮންނަތާ ދެ ހަފުތާ އަށްވުރެން ގިނަދުވަސް ވެފައި ވާކަމަށް ކުނަހަންދޫ ކައުންސިލަރު ލިރުޣާމް ސަޢީދު ވިދާޅުވެއްޖެއެވެ.

ލިރުޣާމް ވިދާޅުވީ ފެރީގެ ޚިދުމަތް މެދުކެނޑިފައިވަނީ ފެރީގެ އިންޖީނު ހަލާކުވެގެން ކަމަށެވެ. ލ. އަތޮޅުގެ ރައްޔިތުން ލުއި ފަސޭހަކަމާއިއެކު ދަތުރު ކުރަމުން އައި މަގު ކުއްލިއަކަށް ބަންދުވެގެން ދިއުމުން ހިތާމަ ކުރައްވާ ކަމަށްވެސް ލަރޭ ވިދާޅުވިއެވެ.

ލިރުޣާމް އިތުރަށް ވިދާޅުވީ ލ. އަތޮޅުގެ ދަތުރުފަތުރު ނިޒާމުގެ ރައްކާތެރިކަމާއި މެދުވެސް ސުވާލު އުފެދޭ ކަމަށެވެ. އެގޮތުން ލ. އަތޮޅުގެ ދަތުރުފަތުރުގެ ނިޒާމުގެ ކަންކަން ބަލަހައްޓާ ފަރާތް ކަމުގައިވާ ދޯނި ސަރވިސް އިން އެންމެ އެދެވޭ ގޮތުގައި ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށް ނުދެވޭތީ ކަން ލިރުޣާމް ފާހަގަ ކުރެއްވިއެވެ. ލިރުޣާމް އިތުރަށް ވިދާޅުވީ ފެރީތައް ދާންވާ މަންޒިލަށް ސަލާމަތުން ދެވޭނެ ކަމުގެ އެއްވެސް ޔަޤީން ކަމެއް ނޯންނަ ކަމަށެވެ. އަދި ގިނަ ދުވަސްތަކެއްގައި ކަނޑުމަތީގައި ފެރީ ހުއްޓި ބައެއްގެ އެހީތެރިކަމާއި އެކު ކައިރީގައި އޮންނަ އެހެން ރަށަކަށް ދާންޖެހޭ ކަމަށެވެ.

ކުނަހަންދޫ ރައްޔިތުންނަށް ދަތުރުފަތުރުގެ ޚިދުމަތް އެންމެ ފުރިހަމައަށް ނުލިބުމަކީ ހައްދުންމަތީ ކުނަހަންދޫ ކައުންސިލުން ކަންބޮޑުވާ ކަމެއްކަމަށްވެސް ލިރުޣާމް ފާހަގަ ކުރެއްވިއެވެ. އަދި ލ. އަތޮޅުގެ އެއްފަސް ވެފައިވާ ރަށްތަކަށް މިކަމުގެ މާބޮޑު ދަތިކަމެއް މިކަމުގެ ސަބަބުން ނުވިކަމުގައި ވިޔަސް ވަކި ރަށްރަށުގައި ދިރިއުޅޭ ނިކަމެތި ރައްޔިތުންނަށް މިއީ ވަރަށް ބޮޑު ދަތިކަމެއް ކަމަށްވެސް އިތުރަށް ވިދާޅުވިއެވެ.


ލ. އަތޮޅާއި ތ. އަތޮޅާއި ދެމެދު ދަތުރުކުރާ ފެރީގެ ޚިދުމަތްވެސް މިހާރު ވަނީ މެދު ކެނޑިފައެވެ. އަދި މިކަމުގެ ސަބަބުން ދަތުރުފަތުރަށް ކުރިން ކުރަމުން އައި ބޮޑެތި ޚަރަދުތައް މިހާރު ކުރަން ޖެހިފައި ވާކަން ފާހަގަ ކޮށްލެވެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް