ފަހުގެ ޚަބަރު


އިތުރަށް...

ރަޔަޓް ގިޔަރުގައި ތިބި ފުލުހުންގެ ފައުޖެއް ފަރެސް މާތޮޑާ އަށް އަރައި ރައީސް ނަޝީދު ހައްޔަރު ކޮށްފި

ލިޔުނީ: Unknown - Monday, October 8, 2012 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
 ރަޔަޓް ގިޔަރުގައި ތިބި ފުލުހުންގެ ބޮޑު ފައުޖެއް ފަރެސް މާތޮޑާ އަށް އަރައި މިއަދު ހެނދުނު 9:55 ގައި ރައީސް ނަޝީދު ހައްޔަރު ކޮށްފިއެވެ.

މޫނުވެސް ނިވައިކޮށްގެން ތިބި ގިނަ ޢަދަދެއްގެ ފުލުހުން ރައީސް ނަޝީދު ހައްޔަރު ކޮށްފައިވަނީ އެމްޑީޕީ ސަރުކާރުގެ ހައުންސިންގ މިނިސްޓަރ އަސްލަމް ގެ ގޭގައި ހުންނަވަނިކޮށް އެގޭގެ ދޮރުވެސް ހަލާކު ކޮށްލައިގެން ކަމަށް މަޢުލޫމާތު ލިބެއެވެ. އެވަގުތު އެތަނަށް އެއްވި އެމްޑީޕީ މެންބަރުންގެ ލޮލަށް ޕެޕަރ ސްޕްރޭ ޖަހާފައި ވާކަމަށްވެސް ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ފުލުހުންގެ ލޯންޗަށް ރައީސް ނަޝީދާއި އިންތި، އަސްލަމް، އިލިޔާސް ލަބީބް އަރުވައިގެން މިހާރު މާލެ ދިއުމަށް ދަތުރު ކުރަމުން އަންނަ ކަމަށް މަޢުލޫމާތު ލިބެއެވެ.

ރައީސް ނަޝީދު ހައްޔަރުކުރެވުނީ ކެނެޑާގެ މަންދޫބަކާ މިއަދު ބައްދަލުކުރައްވަން ހަމަޖެހިފައި ވަނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ. ރައީސް ނަޝީދު ހައްޔަރު ކުރުމާއި ގުޅިގެން އެމްޑީޕީން މުޒާހަރާއަށް ނުކުތުމަށް މާލޭގައި ތައްޔާރުތައް ވަމުން ގެންދާކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް