ފަހުގެ ޚަބަރު


އިތުރަށް...

ކައްދޫ އެއަރޕޯޓަށް ދެ މުވައްޒަފަކު ހޯދުމަށް އިޢުލާނުކޮށް ހަ މުވައްޒަފުން ނެގި މައްސަލައެއް ފެންމަތި ވެއްޖެ

ލިޔުނީ: Unknown - Thursday, October 4, 2012 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ކައްދޫ ސަރަޙައްދީ ވައިގެ ބަނދަރުގެ ދެ މަޤާމަކަށް މީހުން ހޯދުމަށް އިޢުލާނުކުރުމަށްފަހު އެއްވެސް އިންޓަރވިއު އަކާއި ނުލައި ދެ މަޤާމަށް ހަ މީހަކު ހަމަޖެއްސި މައްސަލައެއް ފެންމަތި ވެއްޖެއެވެ.

އެލް.އޭ ނިއުސް އަށް މަޢުލޫމާތު ދިން ކައްދޫ މުވައްޒަފެއް ބުނީ މީގެ ދުވަސްކޮޅެއްކުރިން ކައްދޫ އޮފީހަށް ބޭނުންވާ އެސިސްޓެންޓް އެޑްމިން އޮފިސަރ ގެ މަޤާމަށާއި އެއަރޕޯޓް ސެކިއުރިޓީ އޮފިސަރ ކަމުގެ މަޤާމަށް މީހުން ހޯދުމަށް އިޢުލާނު ކުރިކަމަށެވެ. ނަމަވެސް އެ އިޢުލާނަށްފަހު ކުއްލިއަކަށް އިވިގެންދިޔައީ އެ މަޤާމުތަކުގެ ތެރެއަށް ބައެއް މަޤާމު އިތުރުކޮށް ޖުމުލަ ހަ މީހުން ނެގި ވާހަކަ ކަމަށްވެސް އޭނާ ކިޔައިދިނެވެ.

"އެއަރޕޯޓް ސެކިއުރިޓީ އޮފިސަރ ކަމުގެ މަޤާމަށް އިޢުލާނު ކުރީ އެއްމެ މީހެއް ހޯދުމަށް. އެކަމަކު އެ މަޤާމަށް ހަމަޖެއްސި ތިން މީހުން. އަދި އިޢުލާނު ނުކޮށް އެސިސްޓެންޓް ސެކިއުރިޓީ އޮފިސަރ ކަމުގެ މަޤާމަށް ދެ މީހުން ނެގި. އެހެންވީމަ އެސިސްޓެންޓް އެޑްމިން އޮފިސަރ ލައިގެން އެވީ ހަ މީހުން." ޕީޕީއެމް އަށް ވަރަށް ބޮޑަށް ތާއިދުކުރި ނަމަވެސް މިހާރު ހިނގަމުންދާ ނޭއްގާނީ ކަންކަމާއި އިދިކޮޅަށް އޭނާ ވާހަކަ ދައްކަން ބޭނުންވެ އެއްވެސް ހިފެހެއްޓުމެއް ނެތި ކިޔައިދިނެވެ.

"އަދި އެވަރުން ނިމުނީކީ ނޫން. މިހާރު އެކަންތައްގަނޑު ފަޅާ އަރައިގެން ވަރަށް އަވަހަށް އެ މަޤާމުތަކަށް ކުރިން ހޮވި މީހުން ނެގުމުގެ އެޖެންޑާއާއި އެކު މަތި އޮމާންކުރުމަށް ވަރަށް އަވަހަށް އިންޓަރވިއުއެއް ބާއްވާ ވާހަމަވެސް އެބަ އަޑުއިވޭ ކައްދޫ ތެރެއިން." އެމީހާ ކިޔައިދިނެވެ.

ކައްދޫ އެހެން މުވަައްޒަފަކު ބުނީ ކައްދޫ މަޤާމުތަކަށް މީހާރު މީހުން ނަގަމުން އެގެންދަނީ ހަމަ ސީދާ ޕީޕީއެމް އަށް ނިސްބަތްވާ އަދި މެންބަރު ޢަބްދުއްރަހީމާއި ގާތްކަން އޮންނަ ފަރާތްތަކުގެ ދަރިންނާއި ތިމާގެ މީހުންނެވެ.

"ބަލާބަލަ މީގެ ދުވަސްކޮޅެއް ކުރިން، މިބުނީ ރަމަޟާންމަހުގެ ކުރިން ކައްދޫ ސެކިއުރިޓީއަށް ނަގާފައި އެވަނީ ޕީޕީއެމަށް މަރުދޭ ދެމީހުންގެ ދެ ދަރިން. ސްކޫލްގަ އުޅޭ ބައެއް މުދައްރިސުން ބުނާގޮތުން އެމީހުން އަތުގައި އޮތީ ޔޫ-ސެޓް. އަނެއްކާ ކިޔާތީ އިވޭ އެއިގެތެއިން އެއް ކުއްޖެއްގެ ޕޮލިސް ރިކޯޑްވެސް އޮއްވައޭ ވެއްދީ. ކީކޭ ދެން ބުނާނީ. މިހިރީ މިހާރު ކަންތައް ހުރިގޮތް." އެއްވެސް އިންސާފެއް ނެތް ގޮތެއްގައި ކަންކަން ހިނގާތީ ކަންބޮޑުވެ ހުރެ އެމީހާ ކިޔައިދިނެވެ.

ދާދިފަހުން ވީ ނިއުސްގެ ފަންމަންޒަރު ޕްރޮގްރާމެއްގައި ވާހާކަ ދައްކަވަމުން ޑީއާރްޕީގެ ޕާލިމެންޓްރީ މެންބަރު ރޮޒައިނާ އާއި މަޢުސޫމްވަނީ މިހާރު މިއޮތް ސަރުކަރުން ޕީޕީއެމް ބޭނުންވާ ގޮތަކަށް ބޭނުންވާހާ ތަނަކަށް މަޤާމުތައް ބަހަމުން އަންނަކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުކިޔާފައި ކަން ފާހަގަ ކޮށްލެވެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް