ފަހުގެ ޚަބަރު


އިތުރަށް...

ކައްދޫ އެއަރޕޯޓް ޓަރމިނަލް ވަޒީފާގައި އުޅޭ އެމްޑީޕީއަށް ނިސްބަތްވާ މީހުން އެހެން ސެކްޝަން ތަކަށް ބަދަލުކޮށްފި

ލިޔުނީ: Unknown - Thursday, October 4, 2012 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ކައްދޫ އެއަރޕޯރޓްސް ކުންފުނީގެ ވަޒީފާގައި އެތާނގެ ޓަރމިނަލްގައި މަސައްކަތްކުރަމުން އައި ހަތް މުވައްޒިފުން އެހެން ސެކްޝަންތަކަށް ބަދަލުކޮށްފިއެވެ. އެގޮތުން މުޅިންވެސް ބަދަލުކޮށްފައިވަނީ މިހާރު ރާއްޖޭގައި މިއޮތް ސަރުކާރަށް ތާއިދު ނުކުރާ މީހުން އެކަނިކަމަށް މަޢުލޫމާތު ލިބެއެވެ.

ކައްދޫ މުވައްޒަފަކު ބުނީ މި ސަރުކާރު އައިފަހުން ޓަރމިނަލްގައި ވަރަށް ހީވާގިކަމާއިއެކު މަސައްކަތް ކުރަމުން ގެންދިޔަ ހަތް މުވައްޒަފުން، މަސައްކަތު މީހުންގެ ތެރެއަށް ފޮނުވީ އެމީހުންނަކީ އެމްޑީޕީ މެންބަރުން ކަމަށްވާތީއެވެ.
"އަޅުގަނޑުމެން އެމްޑީޕީ މެންބަރުންނަށްވެފަ، ޕީޕީއެމް ނުވަތަ މިހާރު މިއޮތް ސަރުކާރަށް ތާއިދުކުރާ މީހުން ޓަރމިނަލް އަށް ހަމަޖައްސަން ކުރިކަމެއް ކަމަށް ޔަޤީންކުރެވޭ." އެމީހާ ކިޔައިދިނެވެ.
މަޤާމު ބަދަލުކުރި އެހެން މުވައްޒަފަކު ބުނީ ކައްދޫ ޓަރމިނަލުން އެމީހުން ނެރުމަށްފަހު އެތަނަށް މިހާރު ލާފައި ތިބި ބައެއް މީހުންގެ ސާފުތާހިރުކަމުގެ މިންގަނޑު ދަށްކަމުން އެކަމާ ކައްދޫގައި މަސައްކަތްކުރާ އައިލެންޑް އޭވިއޭޝަން މުވައްޒަފުންވެސް ހިތްހަމަ ނުޖެހުން ފާޅުކޮށްފައި ވާކަމަށެވެ.
"ބައެއް ކަސްޓަމަރުންވެސް އެކަމާ ވާހަކަ ދައްކާ. ދުފާ ރަތްކޮށްގެން ދެމިޔަކަނުން ސޮނި ފައިބާފަ ތިބޭ މީހުން، ތަނަށް އަންނަ މެހެމާނުންނާ އެންމެ ފުރަތަމަ ބައްދަލުވީމަ އެކަމުން އަގުވެއްޓިގެންދާނީ ކޮންބައެއްގެކަންވެސް މި ބަދަލު ގެނައިމީހުން ވިސްނާނުލާ." ވަރަށް އިޚްލާޞްތެރިކަމާއެކު ގިނަ އަހަރުތަކެއް ވަންދެން ޓާރމިނަލްގައި އުޅުނު މުވައްޒަފެއް ބުންޏެވެ.
މަޤާމު ބަދަލުކުރުމުގެ މި ސިޔާސީ އޮއިވަރުގައި މިދިޔަ ރަމަޟާންމަހުގެ ކުރިން، ފަސް މުވައްޒަފުން އާދައިގެ މަސައްކަތު މީހުންނަށް ބަދަލުކޮށްފައި ވެއެވެ. އަދި މިދިޔަ އޯގަސްޓް މަހުގައި އިތުރު ދެ މުވައްޒަފުންވަނީ ބަދަލުކޮށްފައެވެ.
މިގޮތަށް ބަދަލުކުރި މުވައްޒަފެއް ބުނީ އެއްދުވަހު އޮފީހަށް ގެންގޮސްފައި މާދަމާ މަސައްކަތު މީހުނާއެކު ނިކުންނާށޭ ބުނުމަށްފަހު، އެދުވަހު އިރުކޮޅެއްފަހުން އެ އެންގުން ބާޠިލް ކުރިކަމަށް ބުނެ މަޑުޖައްސާލި ކަމަށާއި ނަމަވެސް ޖެހިގެން އައިދުވަހު އަނެއްކާވެސް ކުރިން އެންގި ގޮތަށް ބަދަލު ކޮށްފައި ވާކަމަށެވެ.
މަޢުލޫމާތު ލިބިފައިވާގޮތުން ކައްދޫ ޓަރމިނަލް މުވައްޒަފުން ބަދަލުކުރަމުން ގެންދަނީ ސީދާ ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަހީމްގެ އޯޑަރަށް ކައްދޫ އާދައިގެ ވަޒީފާއެއްގައި ހުއްޓާ މިސަރުކާރު އައިފަހުން މެނޭޖްމެންޓްގެ އިސް މަޤާމެއް ދީފައިވާ ސައުއްތުޤީ އެވެ. ޢަބްދުއްރަހީމް އަންހެނުންގެ ޢާއިލާއާއި ގުޅުން އޮންނަ ސައުއްތުޤީ ޢަލީ އަކީ މަޢުމޫނަށް ވަރަށް ބޮޑަށް ތާއިދުކުރާ މީހެކެވެ. ނަމަވެސް އެމްޑީޕީ ސަރުކާރުގެ 2 ވަނަ އަހަރު ފަހުކޮޅު ސައުއްތުޤީ އެމްޑީޕީގެ ކުލަ ބޭރުފުށުން ހާކައިގެން އެމްޑީޕީ ހަރުގޭގައި ރީކޯ މޫސާމަނިކުގެ ޙާޟިރުގައި ސޮއިވެސް ކޮށްފައި ވެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް