ފަހުގެ ޚަބަރު


އިތުރަށް...

މަހަށް ގޮސް އުޅެނިކޮށް މަސްވެރިޔަކު ކުއްލިގޮތަކަށް ނިޔާވެއްޖެ

ލިޔުނީ: Unknown - Wednesday, October 3, 2012 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ލ. މާމެންދޫ  'އަރާމު' ދޯނިން މަހަށް ގޮސް އުޅުނު އެރަށު މަސްވެރިޔަކު ކުއްލިގޮތަކަށް މިއަދު ހެނދުނު ނިޔާވެއްޖެއެވެ.

މިއަދު ހެނދުނު 6:30 އާއި 7:00 އާއި ދެމެދުގެ ވަގުތެއްގައި ނިޔާވެފައިވަނީ އުމުރުން 42 އަހަރުގެ މާމެންދޫ އަބޫބަކުރު އަޙްމަދު (ކަޅޭ) އެވެ. 

މަސްވެރިކަމުގައި އުޅުނު އިރު އޮޑީގެ އެހެން މީހުންނާއި ވާހަކަދައްކާ ހެދިކަމަށްވެސް ވެއެވެ. އެއްވެސް ގޮތެއްވާ ވާހަކަވެސް ނުބުނާކަމަށް ވެއެވެ. ނަމަވެސް ހުވަދޫ ކަނޑުގައި މަސްބާނަން ދޮށި އަޅައިގެން ހުއްޓާ ކުއްލިއަކަށް ފެނުނީ އިބްރާޙިމް ވަހީދު ވެއްޓުނުތަން ކަމަށް މަޢުލޫމާތު ލިބެއެވެ.

އަބޫބަކުރު އަޙްމަދު ނިޔާވިއިރު އަންބަކާއި ތިން ދަރިން ތިބި ކަމަށް މާމެންދޫ ކައުންސިލުން މަޢުލޫމާތު ދެއެވެ. އަބޫބަކުރު ޢަހްމަދަކީ އެމްޑީޕީގެ ޙަރަކާތްތެރިއެއް ކަމަށްވާ ނައީމާ އައްތަގެ ވަރަށް ގާތްތިމާގެ ކުއްޖެއް ކަމަށް އެމްޑީޕީ ކުލަ ޔެލޯ އިން މަޢުލޫމާތު ދެއެވެ.

މަރުޙޫމްގެ އާއިލާއަށް އެލް.އޭ ނިއުސްގެ އިޚްލާސްތެރި ތައުޒިޔާ ރައްދުކުރަމެވެ. އެ މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރަށްވާށި، އާމީން
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް