ފަހުގެ ޚަބަރު


އިތުރަށް...

ޕީޕީއެމްގެ ޓިކެޓް ދޭނީ ޑރ އަފްރާޝީމްގެ އާއިލާގެ ބޭފުޅަކަށްކަމަށް ބުނެފި

ލިޔުނީ: Unknown - Sunday, October 7, 2012 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނުގައި ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓަކީ ކުރިން އެގޮނޑި ފުރުއްވާފައިވާ އަލްމަރުހޫމް ޑރ.އަފްރާޝިމް ޢަލީގެ އާއިލާގެ ބޭފުޅަކަށް ހައްދަވައި އެބޭފުޅަކަށް ޕީޕީއެމްގެ ޓިކެޓް ދިނުމަށް އެޕާޓީގެ ޕާލިމެންޓްރީ ގުރޫޕުން ނިންމައިފި އެވެ.
މިކަން ޔަޤީންކޮށްދެއްވާފައިވަނީ ޕީޕީއެމްގެ އިންތިޤާލީ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އެވެ.

އިއްޔެ ރ. އަތޮޅު ދުވާފަރުގައި ހުންނަވައިގެން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕުގެ ނިންމުން އަލްމަރުހޫމް ޑރ.އަފްރާޝިމް ޢަލީގެ އާއިލާއާއި ހިއްސާ ކުރައްވާފަވާނެ ކަމަށާއި، އަދި އާއިލާގެ ތެރޭގައި އެކަމާއި މަޝްވަރާ ކުރުމަށްފަހު ޖަވާބެއް ދޭނެ ކަމަށް އަލްމަރުހޫމް ޑރ.އަފްރާޝިމް ޢަލީގެ އާއިލާއިން އަންގާފައިވާ ކަމަށެވެ.

އަބްދުއްެރަހީމް ވިދާޅުވީ ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕާއި ޕާޓީގެ އާންމު ގިނަ މެންބަރުންވެސް ބޭނުންވަނީ ޕްރައިމަރީއަކާއި ނުލައި ޑރ.އަފްރާޝީމް ޢަލީގެ އާއިލާގެ ބޭފުޅަކަށް އުނގޫފާރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް ޓިކެޓް ދިނުމަށް ކަމަށްވާތީ ޕީޕީއެމްގެ ކައުންސިލުން އެގޮތަށް ފާސްކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނުގައި ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް ކަނޑައެޅުމުގެ މަސައްކަތް މިހަފުތާ ތެރޭގައި އެޕާޓީން ނިންމާ އެކަން މީޑިޔާއާއި ހިއްސާ ކުރައްވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނުގައި ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓަކީ ކުރިން އެގޮނޑި ފުރުއްވާފައިވާ އަލްމަރުހޫމް ޑރ.އަފްރާޝިމް ޢަލީގެ އާއިލާގެ ބޭފުޅަކަށް ހައްދަވައި އެބޭފުޅަކަށް ޕީޕީއެމްގެ ޓިކެޓް ދިނުމަށް އެޕާޓީން މަސައްކަތް ކުރަމުން ގެންދާއިރު، އަލްމަރުހޫމް ޑރ.އަފްރާޝިމް ޢަލީއަށް އިހްތިރާމް އަދާ ކުރެއްވުމުގެ ގޮތުން އުނގޫފާރު ދާއިރާގެ ބައި-އިެލްކްޝަނުގައި ބައެއް ބޮޑެތި ޕާޓީތަކުން ކެންޑިޑޭޓުން ވާދަކުރުމުގެ ބަދަލުގައި މިއިންތިޚާބުގައި ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓަށް ތާއިދު ކުރުމަށް ބައެއް ޕާޓީ ތަކުން ވިސްނަމުންދާ ކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ކަމުގައި ހުންނެވި ޑރ.އަފްރާޝިމް ޢަލީއަށް މިމަހުގެ އެއްވަނަ ދުވަހުގެ ރޭ ތޫނު އެއްޗަކުން ހަމަލާދީ އަވަހާރާކޮށްލުމާއި ގުޅިގެން ކުރިއަށް އޮތް ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު އެދާއިރާގެ ބައި- އިލެކްޝަން ބާއްވާނެކަން އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާން ކޮށްފަ އެވެ.

ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް