ފަހުގެ ޚަބަރު


އިތުރަށް...

މުންޑޫ އާދަމް ހަލީމް ވީމީޑިއާ ގްރޫޕާއި ގުޅިވަޑައިގެންފި

ލިޔުނީ: Unknown - Sunday, October 7, 2012 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މަޝްހޫރު ނޫސްވެރިޔާ މުންޑޫ އާދަމް ހަލީމް ވީމީޑިއާ އާއި ގުޅިވަޑައިގެންފި އެވެ. ސަން އޮންލައިންގެ ސީނިއަރ ޑެޕިއުޓީ އެޑިޓަރުގެ މަޤާމުގައި ހުންނެވި އާދަމް ހަލީމް ވީމީޑިއާ އާއި ގުޅިވަޑައިގެންފައިވަނީ ވީ އޮންލައިންގެ އެޑިޓަރުގެ ގޮތުގައި އިއްޔެގެ ވަގުތެއްގައެވެ.

އާދަމް ހަލީމަކީ ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި މެދު ނުކެނޑި 17  އަހަރު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.  އާފަތިސް ނޫހުން ނޫސްވެރިކަމުގެ ތެރެއަށް ވެންނެވި އާދަމް ހަލީމުވަނީ ހަވީރާއި ސަންއޮންލައިން ހިންގެވުމުގައި އިސްދައުރެއް އަދާކުރައްވައި އެތަންތާނގައި މުހިއްމު މަޤާމުތަކެއް ފުރުއްވާފައެވެ. 

ގިނަބައެއްގެ މަޤުބޫލުކަން ހޯދާފައިވާ ރަންދެލި ކޮލަމް ވެސް ލިޔުއްވާ އާދަމް ހަލީމަކީ ނޫސްވެރިކަމުގެ ޤައުމީ އިނާމް ހާޞިލްކުރައްވާފައިވާ ބޭފުޅެކެވެ. ސިޔާސީ އިޖުތިމާޢީ މައްސަލަތަކާއި ގުޅޭ ގޮތުން ތަފާތު ގިނަ ރިޕޯޓުތައްވެސް ލިޔުއްވާފައިވާ އާދަމް ހަލީމް އިއްޔެ ވީމީޑިއާ އާއި ގުޅިވަޑައިގެންނެވުމުން ވީމީޑިއާގެ ހުރިހާ ސްޓާފުންވަނީ އޭނާއަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.

މުންޑޫ އާދަމް ޙަލީމްވަނީ 2010 ވަނަ އަހަރު ލާމު އެޓޯލް ޑޮޓް ކޮމް އިން އިންތިޒާމުކޮށް ހިންގި ބޭސިކް ޖާރނަލިޒަމް ކޯހުގެ މުދައްރިބެއްގެ ގޮތުގައި ހިލޭ ސާބަހަށް މަސައްކަތް ކުރައްވާ 23 ފަރާތަކަށް ތަމްރީނު ދެއްވާފައެވެ.

ވީމީޑިއާ ގައި ލ. އަތޮޅަށް ނިސްބަތްވާ އަންހެން ނޫސްވެރިއެއްވެސް މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަ ކޮށްލަން ޖެހެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް