ފަހުގެ ޚަބަރު


އިތުރަށް...

ލ. އަތޮޅު ތަޢުލީމީ މަރުކަޒުގައި މީޑިއާ ކްލަބެއް އުފައްދައި އިފްތިތާޙް ކޮށްފި

ލިޔުނީ: Unknown - Sunday, October 7, 2012 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ލ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ކްލަބް ތަކުގެ ތެރެއަށް މިއަހަރު އަލަށް އިތުރު ކުރެވުނު މީޑިއާ ކްލަބް މިމަހުގެ ހަތަރުވަނަ ދުވަހު އިފްތިތާޙް ކޮށްފިއެވެ. މީޑިއާ ކްލަބް އިފްތިތާޙް ކޮށްދެއްވީ ތ.ލ އެޑިއުކޭޝަން ޔުނިޓްގެ ސްޕްރިންޓެންޑެންޓް މުޙައްމަދު ޝައުކަތު އެވެ.

މީޑިއާ ކްލަބް އިފްތިތާޙް ކޮށްދެއްވަމުން މުޙައްމަދު ޝައުކަތު ދެއްކެވި ވާހަކަފުޅުގައި ދަރިވަރުން ސްކޫލް ނިމިގެން މުޖުތަމަޢަށް ނުކުންނަ އިރު މިފަދަ ކަންކަމުގައި ބައިވެރި ވުމުގެ ސަބަބުން ކަންކަމަށް ކުރިމަތި ލުމަށް ލިބިގެންދާނެ ހިތްވަރެއް ކަމަށް ވިދާޅުވިއެވެ. އަދި މި ރަސްމިއްޔާތަކީ މުދައްރިސުންގެ ދުވަސް ފާހަގަ ކުރުމާއި ސްކޫލްގައި އައިސީޓީ ޕްރޮޖެކްޓް ފެށުމުގެ ގޮތުން ބޭއްވި ޙަފްލާއެއް ކަމުން އެކަމުގެ މައްޗަށް އަލިއަޅުވާލައްވާ ވެސް ވާހަކަ ދެއްކެވިއެވެ.

މީޑިއާ ކްލަބެއް ސްކޫލްގައި ޤާއިމު ކުރެވުނީ ދަރިވަރުންގެ ކިބައިގައި އުފެއްދުންތެރިކަމާއި މުއާޞަލާތު ކުރުމަށް އިންޓަރނެޓާއި ފޮޓޯ ނެގުމާއި ނިއުސް ލެޓަރ ނެރުމާއި އަދި ވީޑިއޯ ބްރޯޑްކާސްޓް ކުރުމާއި ވީޑިއޯ އުފެއްދުންފަދަ ކަންކަން ކުރިއަރުވައި މިފަދަ ހުނަރުތައް ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމަށް ކަމަށް އެލް.އޭ ނިއުސް އަށް މަޢުލޫމާތު ލިބިފައި ވެއެވެ.

ލ. އަތޮޅު ތަޢުލީމީ މަރުކަޒުގައި 2010 ވަނަ އަހަރު ވަނީ މިނީ-ޖަރނަލިސްޓް އެސޯސިއޭޝަނެއް ހިންގައި އޭގެ ދަށުންވެސް މީޑިއާގެ ބައެއް ޙަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް