ފަހުގެ ޚަބަރު


އިތުރަށް...

ލ. އަތޮޅު ސިއްޙީ ދާއިރާގައި މަސައްކަތް ކުރައްވާ މުވައްޒަފުންނަށް އަދިވެސް މުސާރަ ނުލިބޭ

ލިޔުނީ: Unknown - Saturday, October 6, 2012 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:

ރައީސް ނަޝީދު އެންމެފަހުން ފޮނަދޫ ސިއްޙީ މަރުކަޒަށް ވަޑައިގެން މުވައްޒަފުންނާއި ބައްދަލު ކުރައްވަނީ
ލ. އަތޮޅު ގަމުގައި ހުންނަ ސަރަޙައްދީ ހޮސްޕިޓަލާއި އަތޮޅު ރަށްރަށުގައި ހުންނަ ހެލްތް ޕޯސްޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

ސިއްޙީ މަރުކަޒެއްގައި މަސައްކަތް ކުރާ މުވައްޒަފަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުނީ ކޮންމެ މަހެއްގެވެސް މުސާރަ ފެށޭމަހުގެ އެކެއްގެ ކުރިން ދޭންޖެހޭ ކަމަށް ވަޒީފާޔާ ބެހޭ އެއްބަސްވުމުގައި އޮތް ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހާއި ހަމައަށްވެސް އެ މީހުންނަށް މުސާރަ ޖަމާކޮށްދީފައި ނުވާ ކަމަށެވެ. އަދި މުސާރަ ނުލިބިގެން އުޅެނީ ފިނޭންސުން ފައިސާ ނުފޮނުވައިގެން ކަމަށްވެސް ބުނެފައިވާ ކަމަށް އޭނާ ބުންޏެވެ.

އެހެން ރަށެއްގައި މަސައްކަތްކުރާ ނަރުހެއް ބުނީ މުސާރަ ލިބިފައި ނުވާއިރު އެލަވަންސްވެސް އަދި އެއްވެސް އެއްޗެއް ނުލިބޭ ކަމަށާއި އެކަމުގެ ސަބަބުން ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހިފައި ވާކަމަށެވެ.
އަތޮޅުތެރޭގައި ގާތްގަނޑަކަށް ގިނަ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުގެ މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދެ އެވެ. އެގޮތުން ޅ. ނައިފަރުގެ ހުންނަ އެ އަތޮޅު ހޮސްޕިޓަލުންވެސް ވާހަކަ ދެއްކި މުވައްޒަފަކާއި ޙަވާލާދީ ސަން އޮންލައިންގައި ބުނެފައިވަނީ ފެށޭ ހަފްތާވެސް މުސާރަ ލިބޭނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށާއި ފިނޭންސުން ފައިސާ ނުލިބޭވާހަކަ ބުނެފައިވާ ކަމަށެވެ.

"
އަޅުގަނޑުމެންނަށްވެސް ބުނެވޭނީ ދެއްތޯ؟، ފައިނޭންސުން ބުނަނީ މަސައްކަތް ކޮށްދެމޭ،" އެ ހޮސްޕިޓަލުން ވާހަކަ ދެއްކި ސީނިއާ މުވައްޒަފަކު ބުނިކަމަށް ސަން އިން ބުނެއެވެ.
އެ ޝަކުވާތަކާ ގުޅިގެން ފިނޭންސްގެ ޕާމަނަންޓް ސެކްރެޓަރީ އިސްމާއިލް ޝަފީގު ވިދާޅުވީ ހެލެތް ސެންޓަރުތަކާއި އަދި އަތޮޅު ހޮސްޕިޓަލްތަކުގެ މުވައްޒަފުންނަށް މުސާރަ ލިބުމުގައި މައްސަލަތަކެއް އުޅޭކަމުގެ ޝަކުވާ ލިބިވަޑައިގެންފައިވާ ކަމަށާއި އެ މައްސަލަ އެގޮތަށް ދިމާވީ ކުރިން ހެލެތް ކޯޕަރޭޝަންތަކުގެ ދަށުގައި ތިބި މުވައްޒަފުން އަލުން ހެލެތް މިނިސްޓްރީއަށް ބަދަލުކުރުމުގެ ޕްރޮސެސްގައި އުޅޭތީ ކަމަށެވެ.
"އެ ނޫން ބައެއްގެ މުސާރަ މި މަހުގައި ލަހެއް ނުވާނެ، އެ ނޫނީ މުޝާރައިގެ މައްސަލައެއް ނޫޅޭނެ،" ޝަފީގު ވިދާޅުވި އެވެ.

ޝަފީޤް މިހެން ވިދާޅުވި ނަމަވެސް އެ ވިދާޅުވާ ހެލްތު ކޯޕަރޭޝަންގައި ނުހިމެނޭ ހެލްތު ވޯކަރުންނަށްވެސް އަދިވަނީ މުސާރަ ނުލިބިއެވެ.

ރާއްޖޭގެ މާލީ ހާލަތު ދަށްވެ މި މަހުގެ މުސާރަވެސް ދީފައިވަނީ އިންޑިއާއިން 25 މިލިއަން ޑޮލަރުގެ ސަޕޯޓް ލޯނެއް ނަގައިގެން ކަމަށް ފިނޭންސް މިނިސްޓަރު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. އަދި މި އަހަރުގެ ފަހު ތިންމަސްދުވަހުވެސް ދައުލަތުގެ ހަރަދުތައް ހަމަޖައްސާނެ ގޮތްތަކެއް އަދި ރާވާފައި ނެތް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އިގްތިސޯދީ ހާއްސަ ހާލަތެއް ދިމާވެފައިވާ ކަމަށް ބުނެ ސިވިލް ސާވަންޓުންގެ މުސާރައިން 2010 ވަނަ އަހަރު އުނިކުރި ބައި މިދިޔަ ޖޫން މަހުން ފެށިގެން ދޭން ފެށިނަމަވެސް ބައެއް ސިވިލްސާވެންޓުންނަށް މިހާތަނަށް އުނިކުރި މުސާރަ ދީފައެއްނުވެ އެވެ. އޭގެ ތެރޭގައިވެސް ހެލްތް ސެންޓަރުތަކާއި ހޮސްޕިޓަލްތަކުގެ މުވައްޒަފުން ހިމެނެ އެވެ.



މައުލޫމާތު: ސަން އޮންލައިން
 
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް