ފަހުގެ ޚަބަރު


އިތުރަށް...

ފޮނަދޫ ގޭގެއަށް މިމަހު ލިބުނީ 'ލުއި' ކަރަންޓް ބިލެއް

ލިޔުނީ: Unknown - Saturday, October 6, 2012 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:

ފޮނަދޫ ރައްޔިތުންގެ އިންޖީނުގެ ސައުތު ސެންޓްރަލް ޔޫޓިލިޓީސް ނުވަތަ ފެނަކަ ކުންފުނީގެ ދަށަށް އައިފަހުން ފުރަތަމަ ފަހަރަށް ތައްޔާރުކޮށް ގޭގެއަށް ފޮނުވި ކަރަންޓް ބިލަށް އަރާފައިވަނީ ވަރަށް ކުޑަ މިންވަރެއް ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

ރައީސް ނަޝީދުގެ ސަރުކާރުން އުފެއްދެވި ސައުތު ސެންޓްރަލް ޔޫޓިލިޓީސްގެ ލެޓަރ ހެޑާއި ތައްގަނޑާއިއެކު މިމަހު މިހާރު ގޭގެއަށް ބަހަމުން އަންނަ ބިލްތައް ހަދާފައިވަނީ ޔޫޓިލިޓީ ކުންފުނިން ކަރަންޓަށް އަގުކުރާ އުޞޫލުން ކަމަށް މަޢުލޫމާތު ލިބެއެވެ. އަދި އެ އުޞޫލުން ބިލްތައް ހަދާފައި ވުމުން މިހާރު ދައްކަން ޖެހެނީ ކޮންމެ ގެއެއްގެ ކަރަންޓް ބިލަށް ކުރިން ދައްކަމުން އައި ފައިސާގެ ދެބައިކުޅަ އެއްބަޔަށް ވާވަރު ކަމަށްވެސް ފޮނަދޫގެ ބައެއް ގޭގެއިން މަޢުލޫމާތު ދެއެވެ.

"މިގެޔަށް މިއީ ކުރިން މަހަކު 1700 ރުފިޔާ ނުވަތަ 2200 ވަރަކަށް ރުފިޔާ އަރަމުން އައި ގެއެއް. އެކަމަކު މިމަހު ބިލަށް އަރާފަ މިއޮތީ ބަލާލަބަލަ (ބިލް ދައްކާލަމުން) އެންމެ 724 ރުފިޔާ ވަރު." މިމަހު ކަރަންޓް ބިލަށް ދައްކަންޖެހޭ މިންވަރު ދަށްވެފައިވާތަން ފެނި އުފަލުންހުރެ ފޮނަދޫ ގެއެއްގެ މީހަކު ކިޔައިދިނެވެ.

މިކަން އިތުރަށް ސާފުކޮށްލުމަށް އިންޖީނުގޭގައި މަސައްކަތްކުރާ މީހަކާ ވާހަކަ ދައްކާލުމުން އެމީހާވެސް ބުނީ މިފަހަރު ހުރިހައި ގެއަކަށްވެސް އަރާފައިވަނީ ކުރިއާއި އަޅައި ކިޔާއިރު ވަރަށް ކުޑަ މިންވަރެއް ކަމަށެވެ. އެމީހާ އިތުރަށް ބުނީ ބިލް ކުޑަވެފައި އެވަނީ މިދިޔަ ދުވަސްތަކުގައި ކަރަންޓް ކެނޑިފައި އޮންނަ ވަގުތު ގިނަވުމުން ކަމަށް އަދިވެސް ބައެއް މީހުން ކިޔައި ޔޫޓިލިޓީސް އަށް ދިނުމުން ކަރަންޓް ބިލް ކުޑަ ނުޥާނެ ކަމަށް ވާހަކަ ދައްކައި އޮޅުވާލި ފަރާތްތަކުން ކިޔާފާނެ ކަމަށެވެ. ނަމަވެސް ޙަޤީޤަތަކީ ޔޫޓިލިޓީސް އަށް ދިނުމުން ކަރަންޓް ބިލަށް ދައްކަންޖެހޭ ފައިސާ އެތައް ގުނައަކަށް ދަށްވެގެން ދިއުން ކަމަށް އެމީހާ ކިޔައިދިނެވެ.

ފޮނަދޫ އިންޖީނުގެ ޔޫޓިލިޓީސް ކުންފުންޏާއި ޙަވާލު ކުރުމަށް ކަނޑައެޅިގެން ދެކޮޅު ހަދައި ރައްޔިތުން އަތުން ބޮޑުއެއްޗެއް ކަރަންޓަށް ހޭދަކުރަން ޖައްސާފައިވަނީ ފޮނަދޫ ފަސް ކައުންސިލަރުންނާއި ފޮނަދޫ ދާއިރާ މަޖިލިސް މެންބަރު ޢަބްދުއްރަހީމް ޢަބްދުﷲ ކަމަށް ފޮނަދޫ ގެ ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް