ފަހުގެ ޚަބަރު


އިތުރަށް...

ފަނޑު ގޮތަކަށް ފޮނަދޫ އަންހެނުން ކޮމެޓީ އިފްތިތާޙް ކޮށްފި

ލިޔުނީ: Unknown - Tuesday, November 20, 2012 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާނޫނީ ބާރު ލިބިގެން އުފެދުނު އަންހެނުން ކޮމެޓީ ތަކުގެ އިފްތިތާޙީ ޙަފްލާ ވަރަށް ކުލަގަދަ ކޮށް ރާއްޖޭގެ ކަންކޮޅުތަކުގައި ބާއްވާފައި ވާއިރު ފޮނަދޫ އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރުމަށް އިންތިޚާބް ކުރެވުނު ކޮމެޓީގެ އިފްތިތާޙީ ޖަލްސާ ވަރަށް ފަނޑު ގޮތަކަށް އިއްޔެ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި ބާއްވައިފިއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުން ފޮނަދޫ އަންހެނުން ކޮމެޓީ އިފްތިތާޙް ކުރުމުގެ ކުޑަ ރަސްމިއްޔާތުގައި ބައިވެރިކޮށްފައި ވަނީ ކޮމެޓީގެ ފަސް މެންބަރުންނާއި ކައުންސިލަރުންގެ އިތުރުން ފޮނަދޫ ކައުންސިލް އިދާރާގެ ބައެއް މުވައްޒަފުން އެކަންޏެވެ.

ފޮނަދޫގައި ކިތަންމެ ކުޑަ ރަސްމިއްޔާތެއް ބޭއްވި ނަމަވެސް ރާއްޖޭގެ އެހެން ސަރަޙައްދު ތަކުގައި ވަނީ މި ތާރީޚީ މުނާސަބާ ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަ ކޮށްފައެވެ. އެގޮތުން އައްޑޫގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ އިފުތިތާހު ކުރުމަށް ހިތަދޫ ޝަރަފުއްދީން ސްކޫލްގައި ވަނީ ބޮޑު ޖަލްސާއެއް ބާއްވާފައެވެ.

ފޮނަދޫ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބަށް ކުޑަތަން ވެގެން އައިއިރު ފޮނަދޫ ޕީޕީއެމް މެންބަރުން މަސައްކަތް ކޮށްފައިވަނީ ކޮމެޓީއަށް ޕީޕީއެމް އަށް ނިސްބަތްވާ ފަސް މެންބަރުން އެކަނި ހޮވުމަށެވެ. ނަމަވެސް ފޮނަދޫ އަންހެނުންގެ ކޮމެޓީގެ އެއް ގޮނޑި އެމްޑީޕީއަށް ނިސްބަތްވާ މެންބަރަކު ނަގާފައި ވުމުން ޕީޕީއެމް މެންބަރުންނާއި ޚާއްޞަކޮށް ފޮނަދޫ ދާއިރާގެ މަޖިލިސް މެންބަރު ޢަބްދުއް ރަޙީމް ޢަބްދުﷲ ވަރަށް ބޮޑަށް ލަދުގެންފައި ވާކަމަށް މަޢުލޫމާތު ލިބެއެވެ. ފަހަރުގައި މި ރަސްމިއްޔާތު މިހާ ފަނޑު ގޮތެއްގައި ބާއްވާފައި ވަނީ ހުރިހައި މެންބަރުނަކީ ޕީޕީއެމް މެންބަރުން ކަމަށް ވެފައި ނުވުން ކަމަށް ވުން އެކަށީގެން ވެއެވެ.

އިއްޔެ ރަސްމިއްޔާތު ކުރިއަށް ގެންދިޔަ ގޮތާއި މެދު އެންހެނުން ކޮމެޓީގެ ބައެއް މެންބަރުން ހިތްހަމަ ނުޖެހި ތިބިކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ. އެގޮތުން ކޮމެޓީގެ ރައީސާ އަކަށް އިންތިޚާބް ކުރެވުނު ފާތިމަތު ޒަޢީމާވެސް  މި ރަސްމިއްޔާތު އެހައި ފަނޑުގޮތެއްގައި ބާއްވާފައި ވާތީ ނުރުހުން ފާޅުކޮށްފައި ވާކަމަށް ވަރަށް އިތުބާރު ހުރި ގޮތެއްގައި އެލް.އޭ އަށް އެނގިފައި ވެއެވެ. ފޮނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ނައިބް ރައީސާއަކަށް ހޮވިފައިވަނީ ޢާއިޝަތު ޒުހުރުބާނު އެވެ. މި ރަސްމިއްޔާތު ކުލަގަދަ ގޮތެއްގައި ބޭއްވުމަށް އެލް.ޖީ.އޭ އިން ކައުންސިލް ތަކަށް އަންގާފައި ވުމުން މެންބަރުންވަނީ ދުރާލައި ހެދުން ފަހައި ވަރަށް ބޮޑަށް ތައްޔާރު ވެފައެވެ.

ފޮނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއަށް އެމްޑީޕީގެ މެންބަރު ޙައްވާ ޚަލީލާ ހޮވުން އެމްޑީޕީން ސިފަކުރަނީ ޕީޕީއެމް މެޖޯރިޓީ އޮންނަ ފޮނަދޫގެ ތާރީޚްގައި އެމްޑީޕީ އަށް ހޯދައިދިން 'ރަން ގޮނޑި' އެއް ކަމުގައެވެ. ނަމަވެސް ފޮނަދޫން ޙައްވާ ޚަލީލާ (އާރިފާ) ހޮވިފައިވަނީ ޢީދާއި ދިމާކޮށް ރަށުގައި އުފެދުނު އިޖްތިމާޢީ އަދި އަވަށު ފޯރީގެ ވަޠަނީ ރޫޙްގެ ސަބަބުން ކަމަށް މަސްރަޙް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް