ފަހުގެ ޚަބަރު


އިތުރަށް...

މާވަށު ކައުންސިލުގެ ހުރިހާ މެމްބަރުން ޕީޕީއެމްއަށް ސޮއި ކޮށްފި

ލިޔުނީ: Unknown - Monday, December 10, 2012 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ލ. މާވަށު ކައުންސިލްގައި ހިމެނޭ ފަސް މެމްބަރުންވެސް ޑީއާރުޕީން ވަކިވެ ޕީޕީއެމްއަށް ގުޅިފައިވާ ކަމަށް ބުނެފިއެވެ.

މާވަށު ކައުންސިލްގެ ރައީސް ޔޫސުފް އާމިރު ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކައުންސިލް މެމްބަރުން ޕީޕީއެމްއަށް ސޮއި ކޮށްފައި ވާކަމަށެވެ. އަދި ޑީއާރުޕީން ކެނޑުނީ ވަޒީރުންނާއި ރައީސުލް ޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ ވޯޓް ސިއްރު ކުރުމަށް ތާއީދު ކުރި މައްސަލާގައި ކަމަށްވެސް އާމިރު ވިދާޅުވިއެވެ.

"
އަޅުގަނޑުމެންނާ ޑީއާރުޕީ އަކާ ރަސްމީ އެއްވެސް މުއާމަލާތެއް ނުހިނގާ. އަޅުގަނޑުމެން ކައުންސިލާ ހަވާލުވީ ފަހުން ލީޑަރ ތަސްމީނު އަލީ މިރަށަކަށް ޒިއާރަތެއްވެސް ކޮށްފައެއް ނުވޭ،" ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން އާމިރު ވިދާޅުވިއެވެ.
މާވަށު ކައުންސިލުން މިހެން ބުނެފައި ވާއިރު މާމެންދޫ ކައުންސިލް މެންބަރުންގެ ތެރެއިން ޑީއާރްޕީ އަށް ނިސްބަތްވާ މެންބަރަކު ބުނީ ވެރިކަން ބަދަލުވިފަހުން ތަސްމީނާއި ބައްދަލުކުރަން ވަރަށް މަސައްކަތް ކޮށްފި ކަމަށާއި ނަމަވެސް އެކަން ކާމިޔާބު ވެފައި ނުވާކަމަށެވެ. އޭނާ އިތުރަށް ބުނީ ފޯނުން ގުޅައިގެންވެސް ދިމާ ނުވާ ކަމަށާއި ބައްދަލުކުރަން އެޕޮއިންމެންޓެއްވެސް ލިބޭގޮތް ވެފައި ނުވާކަމަށެވެ.

މާވަށު ކައުންސިލަރުން ޕީޕީއެމްއަށް ބަދަލުވެފައި މި ވަނީ، ވަޒީރުންނާއި ރައީސުލް ޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ މައްސަލަތައް ޑީއާރުޕީގެ ސަޕޯޓާއި އެކު މަޖިލީހުން ފާސްވުމާއި ގުޅިގެން ގިނަ ކައުންސިލަރުންތަކެއް ޕީޕީއެމްއަށް ބަދަލުވަމުން ދާ ދުވަސްވަރެއްގައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް