ފަހުގެ ޚަބަރު


އިތުރަށް...

ކައްދޫގައި ހިނގި އެކްސިޑެންޓެއްގައި 17 އަހަރުގެ ކުއްޖެއްގެ ބޯ 20 ތަނަކުން ޒަހަމުވެއްޖެ

ލިޔުނީ: Unknown - Monday, January 14, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:




ލ.ކައްދޫގައި މިއަދު ހިނގި އެކްސިޑެންޓެއްގައި 17 އަހަރުގެ ކުއްޖެއްގެ ބޯ ވިހިތަނަކުން ޒަހަމު ވެއްޖެއެވެ.
ސީއެންއެމަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހެނދުނު ނުވައެއް ޖަހާއެހާކަށްހާއިރު ކައްދޫ ބޮޑު މަގުން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލު ނުކުރެވި ގޮސް މަގުގެ ހުޅަނގު ފަރާތުގައި ހުރި ރުކަކަށް އެރުމުގެ ސަބަބުންނެވެ. ކާރުގައި އެވަގުތު 17 އަހަރުގެ ކުއްޖާއާއި އިތުރު މީހަކު އިން ކަމަށްވެއެވެ. ނަމަވެސް މިއެކްސިޑެންޓްގައި ދެން އިން މީހާއަށް މާބޮޑު އަނިޔާތަކެއް ލިބިފައެއް ނުވެއެވެ.

17
އަހަރުގެ ކުއްޖާ މިހާރުވަނީ ގަމު ރީޖަނަލް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.

"
ވިހި ތަނަކުން އެބަހުރި ނިތްކުރިއާއެކު ޒަހަމުވެފައި އެހާ ސީރިއަސްއެއް ނޫން. 24 ގަޑި އިރު ވަންދެން ބާއްވައިގެން އޮބްޒާވް ކުރަމުން މިގެންދަނީ. ކުއްޖާ ހޮސްޕިޓަލަށް ގެނެސްފައިވަނީ މަގުމަތިން ދިޔަ ބަޔަކު، ގެނައި އިރު ވެސް ފުޅި ތޮށިތަކެއް ހުރި ޒަހަމުތަކުގައި، ބެލެވެނީ ކާރު އެކްސިޑެންޓްވީ ގަޑީގައި ކުރީ ވިންޑް ސްކްރީންގައި ޖެހިގެން ކަމަށް،" ގަމު ހޮސްޕިޓަލު ހިންގުމައި ހަވާލުވެ ހުންނެވި އަބުދުއްސަމަދު ވިދާޅުވިއެވެ.

އެމައްސަލަ އިތުރަށް ބަލަމުންދާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް