ފަހުގެ ޚަބަރު


އިތުރަށް...

މަންދު ކޮލެޖުން ކުރިއަށް ގެންދާ ކޯސްތަކުގެ މަޢުލޫމާތު ދިނުމުގެ ދަންފަޅިތަކެއް ފަށައިގެން ލ. އަތޮޅުގައި ކުރިއަށް އެބަދޭ

ލިޔުނީ: Unknown - Tuesday, January 15, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ޙަމަދު ސްކޫލްގެ އިސްދަރިވަރުންގެ ޖަމިއްޔާ، ޙަމަދު އިންކްލައިން ޔޫތު އެސޯސިއޭޝަނާއި މަންދު ކޮލެޖް ގުޅިގެން އެ ކޮލެޖުން ކުރިއަށް ގެންދާ ކޯސްތަކުގެ މަޢުލޫމާތު ދިނުމުގެ ދަންފަޅިތަކެއް ފަށައިގެން ލ. އަތޮޅުގައި ކުރިއަށް ގެންދަމުން އަންނަ ކަމަށް ހިޔާ ޖަމިއްޔާއިން ބުނެފިއެވެ.

ޙަމަދު އިންކްލައިން ޔޫޓު އެސޯސިއޭޝަނާއި މަންދު ކޮލެޖް އިން ރާވައިގެން ސްކޫލް ނިންމާފައި ތިބި ޒުވާނުންނަށް އެމީހުންގެ ކުރިމަގު ބަށްޓަންކުރާނެ ރަގަޅު ފުރުސަތުތަކެއް ހޯދައިދިނުމުގެ މަޤުސަދުގައި ވަޒީފާއާއި ކިޔަވަންހުރި ފުރުސަތުތައް ދައްކާލުމުގެގޮތުން ކުރިއަށްގެންދާ ޙަރަކާތެއް ކަމަށް ހިޔާ ޖަމިއްޔާއިން ބުނެއެވެ.

އެލް.އޭ ނިއުސް އަށް މަޢުލޫމާތު ދެމުން ހިޔާ ޖަމިއްޔާގެ ހިންގާ ސެކްރެޓަރީ ވިޝާމް ބުނީ މިމަހުގެ 13 ވަނަ ދުވަހުގެ ރޭ ގަމު މަތިމަރަދޫ ގައި މަޢުލޫމާތު ދިނުމުގެ ދަންފަޅިއެއް ބާއްވާފައި ވާކަމަށެވެ. އަދި ގަމު ތުނޑީ އަވަށާއި އަލަށް އާބާދުވާ ސަރަޙައްދުގެ ޒުވާނުންނަށް އަމާޒުކޮށްގެން އަންނަ ބުރާސްފަތި ދުވަހުގެ ރޭ އިހައްދޫ ސްކޫލްގައި ޙަރަކާތެއް އޮންނާނެ ކަމަށްވެސް މަޢުލޫމާތު ދިނެވެ.

"މީގެ އިތުރުން މިހާރު މަންދު ކޮލެޖްގެ ބޭފުޅުންވަނީ އިސްދުއަށް ގޮސް. މި ދަތުރުގަ މުންޑުއާއި މާބައިދޫގައި ދަންފަޅިތަކެއް ކުރިއަށް ގެންގޮސްފަ ވަނީ. މި ހިންގާ ދަންފަޅިތަކުގެ ސަބަބުން ސްކޫލް ނިންމާފައި ދާނެ ދިމާއެއް ނޭނގިތިބި ކުދިންނަށް ވަރަށް ގިނަ ގޮތްގޮތުން ފައިދާ ކުރާނެ. މިގޮތުން ރަށުގައި ތިއްބާ ކޯސްތަކުގެ މަޢުލޫމާތު ލިބުމާއި ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވިގެން ދާނެ." ހިޔާ ޖަމިއްޔާ އިން ވިޝާމް މަޢުލޫމާތު ދިނެވެ.

މަންދު ކޮލެޖުން ހިންގާ ކޯސްތަކުގައި ބައިވެރިވާ ކޮންމެ ދަރިވަރަކަށް ހިލޭ އައިޕެޑެއް ދޭގޮތަށް ހަމަޖެހިފައި ވާކަމަށްވެސް ހިޔާ އިން ބުނެއެވެ.
އިތުރު މަޢުލޫމާތު ހިޔާ ޖަމިއްޔާގެ ފޭސްބްކް ޕޭޖް އިން ލިބޭނެކަމަށް މަޢުލޫމާތު ދެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް