ފަހުގެ ޚަބަރު


އިތުރަށް...

ކުނަހަންދު އާއި ވައިކަރަދޫ ބަނދަރުގެ މަސައްކަތް 64.2 މިލިއަން ރުފިޔާ އަށް އެމްޓީސީސީ އަށް

ލިޔުނީ: Unknown - Tuesday, January 15, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ލ. ކުނަހަންދޫ އާއި ހދ. ވައިކަރަދު ބަނދަރު ހެދުމުގެ މަސައްކަތް 64.2  މިލިއަން ރުފިޔާ އަށް އެމްޓީސީސީއާ އިއްޔެ ހަވާލުކޮށްފި އެވެ.

ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ބަނދަރު ހެދުމުގެ ދެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ.

އެމްޓީސީސީއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، އަންނަ މަހު މެދުތެރޭގައި މަސައްކަތް ފަށައި އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ބަނދަރު ނިންމަން ޖެހެ އެވެ. އެ ރަށުގެ މިހާރުގެ ބަނދަރަކީ 700 ފޫޓު ދިގު 250 ފޫޓު ފުޅާ ބަނދަރެކެވެ. ނަމަވެސް އެމްޓީސީސީން އެ ރަށުގައި އަލަށް ހަދާނީ 900 ފޫޓޫ ދިގު 250 ފޫޓު ދިގު ބަނދަރެއް ކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ. އެ ބަނދަރު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 41.1 މިލިއަން ރުފިޔާއަށެވެ.

އެ ބަނދަރުގައި ބޮޑު ހިލައިގެ 345 މީޓަރުގެ ބޭރު ތޮއްޓެއްލައި ބޮޑުހިލައިން 90 މީޓަރުގެ ރިވެޓްމަންޓެއް ޖެހުމުގެ އިތުރުން 393 މީޓަރުގެ ކޮންކްރީޓް އެއްގަމު ތޮއްޓެއް ލާނެ ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުންޏެވެ.

ކުނަހަންދޫ ބަނދަރު ހެދުމުގެ މަސައްކަތް 23.1 މިލިއަން ރުފިޔާ އަށް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ އަށް މަސް ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މި މަޝްރޫއުގެ ދަށުން ކުނަހަންދޫގައި 400 ފޫޓު ދިގު 250 ފޫޓު ފުޅާ ބަނދަރެއް ހަދާނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

ހައުސިން މިނިސްޓްރީން ބުނީ ކުނަހަންދޫ ބަނދަރު އަލުން ހަދާނީ ބޮޑު ހިލައިން 200 މީޓަރުގެ ބޭރު ތޮއްޓެއްލައި ބޮޑުހިލައިން 80 މީޓަރުގެ ރިވެޓްމަންޓެއް ޖެހުމުގެ އިތުރުން 202 މީޓަރުގެ ކޮންކްރީޓް އެއްގަމު ތޮއްޓަކާ އެކީގައި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ގާތްގަނޑކަށް 25 ރަށުގެ ބަނދަރުގެ މަސައްކަތް ފަށާނެ ކަމަށެވެ. ނަމަވެސް އެއީ ކޮން ބަނދަރުތަކެއް ކަމެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް