ފަހުގެ ޚަބަރު


އިތުރަށް...

ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ލ. އަތޮޅަށް ރަސްމީ ކެމްޕޭނެއް ފައްޓަވައިފި

ލިޔުނީ: Unknown - Wednesday, January 23, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި އެ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ލ. އަތޮޅުގެ ރަށްތަކަށް މިއަދު ކެމްޕޭން ދަތުރެއް ފައްޓަވައިފިއެވެ.

ޤާސިމްގެ ޓީމް ލ. ކައްދުއަށް އައިސްފައިވަނީ ފްލައިމީގެ ވިލާ އެއަރ މަތިންދާ ބޯޓެއްގައި މިއަދު މެންދުރުފަހު އެވެ. ޤާސިމަށް މަރުޙަބާ ދެންނެވުމަށް ޖުމްހޫރީ ޕާޓީގެ މެންބަރުންނާއި އަތޮޅު ކައުންސިލްގެ ބައެއް މެންބަރުން ތިބިކަން ފާހަގަ ކޮށްލެވެއެވެ.

މަޢުލޫމާތު ލިބިފައި ވާގޮތުން މިމަހުގެ 25 ވަނަ ދުވަހުގެރޭ ލ. ގަމުގައި ޖުމްހޫރީ ޕާޓީން ކެމްޕޭން ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައި ވެއެވެ. 

ޤާސިމްގެ މިދަތުރުފުޅުގައި މިއަދު ކައްދޫ އެއަރޕޯޓްގައި ހުންނަވައިގެން ވިދާޅުވީ ފްލައިމީގެ ރަސްމީ ދަތުރުތައް ކައްދުއަށް ފެށުމާއިއެކު 800 ރުފިޔާއަށް ކައްދޫ ޓިކެޓް ވިއްކާނެ ކަމަށް ވިދާޅުވިއެވެ. އަދި ފެއަރ ޓިކެޓްގެ އަގަކީ 500 ރުފިޔާ ކަމަށްވެސް ވިދާޅޫވިއެވެ.

ޤާސިމްގެ ޓީމު ލ. އަތޮޅަށް އައިއިރު އެ ޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސް ޔޫސުފު ޝަފީޢު (ޔޫއްޕެ)، ޕާޓީއަށް މެންބަރުން ހޯދުމުގެ މަސައްކަތް ވަރަށް އަވަދިނެތި ކުރަމުން ގެންދެއެވެ. މީގެ އިތުރުން ނުސީދާ ގޮތަކަށް ލިބިފައިވާ މަޢުލޫމާތަކަށް ބަލާލާއިރު 2014 ވަނަ އަހަރު އޮންނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބްގައި ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ލ. ފޮނަދޫ ދާއިރާއަށް ޔޫއްޕެ ވާދަ ކުރެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް