ފަހުގެ ޚަބަރު


އިތުރަށް...

ޕީޕީއެމްގެ ނައިބު ރައީސްކަން ލިބިވަޑައި ނުގަތް ޢަބްދުއްރަހީމަށް މައުމޫނު ކައުންސިލުން ޖާގައެއް ދެއްވައިފި

ލިޔުނީ: Unknown - Wednesday, January 23, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:

ޕީޕީއެމްގެ ކޮންގރެސްގައި ވާދަކުރައްވައިގެން ނައިބު ރައީސްކަމަށް ހޮވިވަޑައިނުގެންނެވި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އަށް ޕީޕީއެމްގެ ކައުންސިލުން އެޕާޓީގެ ރައީސް މައުމޫނު ޖާގައެއް ދެއްވައިފިއެވެ.

އަބްދުއްރަހީމްގެ އިތުރުންވެސް ދެ ބޭފުޅަކު ރޭވަނީ ޕީޕީއެމްގެ ކައުންސިލަށް އިންތިހާބުކޮށްފައެވެ.


ޕީޕީއެމްގެ އަސާސީ ގަވާއިދު ބުނާގޮތުން އެޕާޓީގެ ރައީސް ހުށައަޅުއްވާ ތިންބޭފުޅަކު ކައުންސިލަށް އިންތިހާބު ކުރަންޖެއެވެ. ތިން ބޭފުޅުން ކައުންސިލަށް އިންތިހާބު ކުރަންޖެހެނީ ކައުންސިލްގައި ނެގޭ ވޯޓަކުންނެވެ.


މައުލޫމާތު ލިބިފައިވާ ގޮތުގައި މޫކައި ސްވިޓްގައި ރޭ ބޭއްވި ޕީޕީއެމް ކައުންސިލް ބައްދަލުވުމުގައި ނެގުނު ސިއްރު ވޯޓުން އަބްދުއްރަހީމްގެ އިތުރުން ކައުންސިލަށް ދެން އިންތިހާބްކޮށްފައިވަނީ ޔާމީންގެ ޓީމުން ޒުވާނުންގެ ގޮފީގެ ރައީސްކަމަށް ވާދަކޮށް ބަލިވި ޒާހިދް ރަމީޒްއާއި އާތިފާ ކިޔާ ބޭކަނބަލެކެވެ.


ރޭ ޕީޕީއެމްގެ ކައުންސިލްގައި ބޭއްވި ބައްދަލުވުމުގައި އަބްދުއްރަހީމަށް 22 ވޯޓް ލިބުނު އިރު ޒާހިދަށް ލިބިފައިވަނީ 18 ވޯޓެވެ. އަދި އާތިފާއަށް 21 ވޯޓް ލިބިފައިވެއެވެ.

ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް