ފަހުގެ ޚަބަރު


އިތުރަށް...

ލ. މާމެންދޫ އިންޖީނުގޭ އޮފީހުގެ ތިޖޫރި ފަޅާލައި ދެ ލައްކައެއްހާ ފައިސާ ވަގަށް ނަގައިފި

ލިޔުނީ: Unknown - Monday, January 21, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ލ. މާމެންދޫ އިންޖީނުގޭ އޮފީހުގެ ތިޖޫރި ފަޅާލައި ދެ ލައްކައެއްހާ ފައިސާ ވަގަށް ނަގައިފައި ވާކަމަށް މަޢުލޫމާތު ލިބިއްޖެއެވެ. އެތަން ފަޅާލާފައި ވާކަން އެނގިފައިވަނީ މިއަދު ހެނދުނު އޮފީސް ހުޅުވުމަށް އެތަނަށް ދިޔަ މުވައްޒަފަކަށެވެ.

މާމެންދޫން މަޢުލޫމާތު ދިން މީހަކު ބުނީ އޮފީސް ހުޅުވާ މީހާ އޮފީސް ހުޅުވުމަށް ހެނދުނު 8 ޖެހިއިރު އެތަނަށްގޮސް ދޮރު ހުޅުވަން މަސައްކަތްކޮށް ނުހުޅުވިގެން އިމާރާތުގެ ބިތްދޮށް ފަރާތުގައި ހުންނަ ދޮރު ހުޅުވުމަށް ދިޔައިރު އެތަނަށް ބަޔަކު ވަދެ ތިޖޫރި ފަޅާލާފައި ވާތަން ފެނުނު ކަމަށެވެ. ގާތް ގަނޑަކަށް 1 ލައްކަ 80 ހާސް ރުފިޔާ ވަރު ތިޖޫރީގައި ހުރިކަމަށް ބެލެވޭ ކަމަށް އެރަށުން ވާހަކަދެއްކި މީހަކު ބުނެފައި ވެއެވެ.

މި މައްސަލަ ބެލުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބޭފުޅުން އެރަށުގައި ޙަރަކާތްތެރިވަމުން އަންނަކަން އެރަށުން މަޢުލޫމާތު ދިން މީހާ ކަށަވަރުކޮށްދެއެވެ. އަދި މި ކަމުގައި ތުހުމަތު ކުރެވޭ މީހަކު ދިއުޅޭ ގޯތިތެރެ ކޮނުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށްވެސް އެރަށުން މަޢުލޫމާތު ލިބެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް