ފަހުގެ ޚަބަރު


އިތުރަށް...

ކައްދު އާއި ކޫއްޑޫ އަދި ކާޑެއްދޫ އެއާޕޯޓް ހިންގުން އަންނަ މަހު ބަޔަކާ ހަވާލުކުރަނީ

ލިޔުނީ: Unknown - Monday, January 21, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ރީޖަނަލް އެއާޕޯޓްސްގެ ދަށުން މިހާރު ހިންގަމުން އަންނަ ލ. ކައްދު އާއި ގއ. ކޫއްޑޫ އަދި ގދ. ކާޑެއްދޫ އެއާޕޯޓް ހިންގުން އަންނަ މަހު ފުރަތަމަ ހަފުތާގައި ބަޔަކާ ހަވާލުކުރާނެ ކަމަށް ވަގުތީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ނާޒިމް އިއްޔެ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ނާޒިމް ވިދާޅުވީ އެ ތިން އެއާޕޯޓް ހިންގުން 25 އަހަރުގެ މުއްދަތަކަށް ހަވާލުކުރާނީ ހދ. ހަނިމާދޫ އެއާޕޯޓުން ބައިނަލްއަގުވާމީ ދަތުރުތައް ފަށަން ފެބްރުއަރީ 2 ގައި ބާއްވާ ރަސްމިއްޔާތުގައި ކަމަށެވެ.

އެއާޕޯޓްތައް ޕްރައިވެޓައިޒް ކުރުމުގެ މަޝްރޫއުގެ ދަށުން އެ ތިން އެއާޕޯޓަށް ކުރިމަތިލާން ފުރުސަތު ހުޅުވާލި މުއްދަތުގައި، ތިން އެއާޕޯޓު ހިންގަން ވެސް ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެކަމަކު ޕްރޮޕޯސަލް ހުށަހަޅި ފަރާތްތަކުގެ ތަފްސީލެއް ނާޒިމް ނުދެއްވަ އެވެ.

"ރާއްޖޭގެ އެތެރޭގެ ވައިގެ ބަނދަރުތައް އެންމެ އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި ހިންގޭނީ އެއާޕޯޓްތައް ޕްރައިވެޓައިޒްކޮށްގެން ކަމަށް ވާތީ ކައްދޫ، ކޫއްޑޫ އަދި ކާޑެއްދޫ އެއާޕޯޓް ހިންގާ ބަލަހައްޓާނެ ފަރާތްތައް ހޯދުމަށް ހުޅުވާލި އެކްސްޕްރެޝަން އޮފް އިންޓްރެސްޓް އަށް އިޖާބަ ދެއްވި ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް އެރުވުނު ދައުވަތާ ގުޅިގެން ހުށަހަޅާފައިވާ ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި،" މިނިސްޓަރު ވިދާޅުވި އެވެ.

ރީޖަނަލް އެއާޕޯޓްސް އިން މި މަހުގެ ކުރީކޮޅު ބުނެފައިވާ ގޮތުގައި މުއްދަތު ހަމަވިއިރު ތިން އެއާޕޯޓު ހިންގަން ކުރިމަތިލާފައި ވަނީ އައިލެންޑް އޭވިއޭޝަން ސާވިސަސް އާއި ވިލާ އެއާގެ އިތުރުން އިކުއިޓީ ޕްރިމިއާ އާއި ބޮނަވިސްޓާ އިންނެވެ. އޭގެ އިތުރުން ދެން ކުރިމަތިލީ ރިސޯޓްތައް ތަރައްގީކުރާ ކުންފުނިތަކުން ކަމަށް ރީޖަނަލް އެއާޕޯޓްސް އިން ބުނެފައިވެ އެވެ

ޚަބަރު: ހަވީރު އޮންލައިން
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް