ފަހުގެ ޚަބަރު


އިތުރަށް...

ޖުމްހޫރީ ޕާޓީއަށް މެންބަރުން ހޯދުމަށް ފިލްމީ ތަރި ޔޫއްޕެ ލ. އަތޮޅުގައި ޙަރަކާތްތެރިވަނީ

ލިޔުނީ: Unknown - Monday, January 21, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:

ދިވެހި ފިލްމު އިސްޓަސްޓްރީގެ އެއްމެ ފުންނާބު އުސް ފިރިހެން ފަންނާނު، ޔޫސުފު ޝަފީޢު (ޔޫއްޕެ) ޖުމްހޫރީ ޕާޓީއަށް މެންބަރުން ހޯދުމަށް ލ. އަތޮޅުގައި ޙަރަކާތްތެރިވަމުން އަންނަ ކަމަށް އެލް.އޭ ނިއުސް އަށް މަޢުލޫމާތު ލިބިއްޖެއެވެ.

މަޢުލޫމާތު ލިބިފައި ވާގޮތުން ޔޫއްޕެ ލ. އަތޮޅަށް އައިސްފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ. އަދި އިއްޔެއިން ފެށިގެން ޖުމްހޫރީ ޕާޓީއަށް މެންބަރުން ހޯދުމުގެ މަސައްކަތް ގަމާއި ފޮނަދޫގައި ފަށާފައި ވެއެވެ. އެލް.އޭ ނިއުސް އަށް މަޢުލޫމާތު ދިން އެމްޑީޕީގެ އެކްޓިވިސްޓަކު ބުނީ ޔޫއްޕެ އޭނާއާއި ބައްދަލުކޮށް ވަރަށް ގިނަ ވާހަކަ ދައްކައި ޖުމްހޫރީ ޕާޓީއަށް ވަނުމަށް އެދިފައި ވާކަމަށެވެ.

"އަހަރެން ބުނިން ފައިސާއަށް ނޫނިއްޔަކާ އެކަމެއް ނުވާނޭ. އެމީހުންވެސް ފައިސާއަށް އުޅެނީ. އެއްފަހަރު އެމްޑީޕީގަ، އަނެއް ފަހަރު ޕީޕީއެމްގަ ނޫނީ ޖުމްހޫރީ ޕާޓީގަ." އެލް.އޭ ނިއުސްއަށް މަޢުލޫމާތު ދިން ފަރާތުން ހާމަ ކުރިއެވެ.

ޔޫއްޕެ ވަނީ 2011 ވަނަ އަހަރު މާރޗް މަހުގެ 28 ވަނަ ދުވަހުގެރޭ އެމްޑީޕީން ބޭއްވި ބޮޑު ޖަލްސާއެއްގައި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ފަންނާނުންނާއި މިއުޒިޝަނުންގެ ގޮތުގައި ހަރަކާތްރިވާ 15 ފަންނާނުންނާއި އެކު އެމްޑީޕީއަށް ސޮއިކޮށްފައެވެ.

އޭގެ ތެރޭގައި މުހައްމަދު ރަޝީދު (ދަރާ) އާއި ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި އޭނާގެ އޭރުގެ އަންހެނުން ފާތުމަތު ފަރީލާގެ އިތުރުން އަހުމަދު ނިމާލް އާއި ހުސައިން ސޮބާހު އާއި ނައިބުގޭ އަހުމަދު އަބްދުﷲ ޝިޔާމު ހިމެނެ އެވެ. އަދި މިނޫން އިތުރު ފަންނާނުން ވެސް އެމްޑީޕީއަށް ސޮއިކޮށްފައިވެ އެވެ.


އެ ޖަލްސާގައި މަޝްހޫރު ފިލްމީ ބަތޮލު ޔޫސުފް ޝަފީއު (ޔޫއްޕެ) ބުނީ އޭނާ އެމްޑީޕީއަށް ސޮއިކުރީ އެމްޑީޕީގެ މެންބަރުންނަކީ ނުގުޑާފަދަ އަޒުމެއްގައި ތިބި ބަޔަކަން ވާތީ ކަމަށާއި ގައުމަށް ލާބަ އާއި މަންފާ ގެނެސްދޭނެ ޕާޓީއަކީ އެމްޑީޕީ ކަމަށްވާތީ ކަމަށެވެ.


"
އަޅުގަނޑުވެސް ބޭނުންވީ ގައުމަށްޓަކާ މަސައްކަތްކުރާ، ދިވެހި ރައްޔިތުންގެ ކުރިމަގަށް ލާބަ އާއި މަންފާ ގެނެސްދޭ ބަޔަކާގުޅި އަމަލީ ގޮތުން މި މަސައްކަތުގައި ބައިވެރިވުމަށް،"


އެ ރޭގެ ޖަލްސާގައި މުނިފޫހި ފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަންނާނުންގެ ފަރާތުން 50 ވުރެ ގިނަ މީހުން އެމްޑީޕީއަށް ސޮއިކޮށްފައިވާ ފޯމްތަކެއް ވެސް އެ ޕާޓީއާ ހަވާލު ކުރި އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް