ފަހުގެ ޚަބަރު


އިތުރަށް...

ޤައުމީ ދުވަހާއި ގުޅިގެން ސްޓޭޖް ޝޯވްއަކާއި ބަޑިބޭހުގެ ކުޅިވަރު ލ. ފޮނަދޫގައި ބާއްވައިފި

ލިޔުނީ: Unknown - Tuesday, January 15, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:

ޤައުމީ ދުވަހާއިގުޅިގެންސްޓޭޖް ޝޯވްއަކާއި ބަޑިބޭހުގެ ކުޅިވަރު ލ އަތޮޅު ފޮނަދޫގައި ރޭ ބާއްވައިފިއެވެ.

ލ.ފޮނަދޫގެ ބަނދަރު ސަރަހައްދުގައި ކުރިއަށްގެންދިޔަ މިހަރަކާތްތަކުގެ ތެރެއިން ރޭ ބޭއްވި ޝޯވްގައި އެމް.އެން.ޑީ.އެފް ބްރާސްބޭންޑުންވަނީ ހިތްގައިމު ރާގުތަކެއް ހުށަހަޅާ ދީފައެވެ. 


ރޭގެ 08:00 އިން 09:45 އަށް ކުރިއަށްގެންދިޔަ މުނިފޫހި ފިލުވުމުގެ ހަރަކާތްތަކުގެ ތެރޭގައި ސްޓޭޖް ޝޯވްގެ އިތުރުންވަނީބަޑިބޭހުގެ ކުޅިވަރުތައް ދައްކާލާފައެވެ. މިހަރަކާތްތައް ކުރިއަށްދިޔައިރު ލ އަތޮޅު ގިނަ ރައްޔިތުންތަކެއް ވަނީ އެސަރަހައްދަށް ކުޅިބަލަން އެއްވެފައެވެ. 


ހަވާ އެރުވުމަށްފަހު އެސަރަހައްދަށް އެއްވެތިބި ކުޑަކުދިންނަށް އެމްއެންޑީއެފްއިންވަނީ ސެކިއުރިޓީ ފިޔަވަޅުތައް އެޅުމަށްފަހު އެކުދިންގެ އަތަށް އަލިނަރު ރޯކޮށް ދީފައެވެ. ބަޑިބޭހުގެ ކުޅިވަރުތައް ހިނގަމުންދިޔަ ވަގުތު އެމް.އެން.ޑީ.އެފްއާއި ފޮނަދޫ ބަރާސިލު ކޯޕަރޭޓިވް ސޮސައިޓީގެ "ބައްރު" ކުލަބާއި ގުޅިގެން ބޮޑުބެރު އައިޓަމެއްވެސްވަނީ ހުށަހަޅާ ދީފައެވެ 


ފޮނަދޫގައި މިހަރަކާތްތައް ހިނގަމުންދިޔަ ވަގުތު ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެެނެރަލް އަޙުމަދު ޝިޔާމްއާއި ފޮނަދޫ އަތޮޅު ކައުންސިލްގެ ރައީސްއާއި ގިނައަދަދެއްގެ ސިފައިންނާއި އާއްމު ރައްޔިތުންވެސް ވަނީ އެސަރަހައްދަށް އެއްވެ އެހަރަކާތްތައް ބައްލަވާ ލައްވާފައެވެ.


މީގެ އިތުރުން އިއްޔެރޭ ފޮނަދޫ ބަރާސިލް އަވަށު ސްޓޭޖްގައި ޝޯއެއް ބާއްވާފައި ވެއެވެ. މި ޝޯވް އަކީ ބެލުންތެރިންނަށް އެހާ ކަމު ދިޔަ ޝޯވް އެއް ނޫން ކަން އެތަނަށް ދިޔަ މީހުންގެ ކޮމެންޓް ތަކުން އެނގިފައި ވެއެވެ. މީގެ އިތުރުން ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ އަށްވެސް ޙާޒިރުވީ ވަރަށް މަދު ބައެކެވެ. ނަމަވެސް 140 ވަރަކަށް ސިފައިން ކުލަ ހެދުމުގައި ޖަލްސާ ކުރިޔަށްދިޔަ މާލަމުން ފެނިފައި ވެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް