ފަހުގެ ޚަބަރު


އިތުރަށް...

މިއަހަރުގެ ޤައުމީ ދުވަސް ރަސްމީ ފެންވަރުގައި ފާހަގަކުރުމަށް ލ. ފޮނަދުއަށް ވަޑައިގެންނެވި ބޭފުޅުންގެ ސެކިއުރިޓީ ފުލުހުން ބަލަހައްޓައިފި

ލިޔުނީ: Unknown - Tuesday, January 15, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މިއަހަރުގެ ޤައުމީ ދުވަސް ރަސްމީ ފެންވަރުގައި ލ. އަތޮޅު ފޮނަދޫގައި ފާހަގަ ކުރުމަށް ސަރުކާރުން ހަމަޖައްސަވައި ގައުމީ ދުވަހުގެ މުނާސަބަތުގައި ލ. އަތޮޅު ތަޢުލީމަރުކަޒުގައި ބޭއްވި ޚާއްސަ ޖައްސާއަށް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދު ޙަސަން އާއި ދައުލަތުގެ ވަޒީރުންނާއި އިސްބޭފުޅުން ފޮނަދޫއަށް ވަޑައިގެންނެވުމުން އެބޭފުޅުންގެ ސެކިއުރިޓީ ފުލުހުން ބަލަހައްޓައިފިއެވެ.

ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ޖަލްސާއަށް ޑރ. މުޙައްމަދު ވަޙީދު ޙަސަންގެ އިތުރުން މިނިސްޓްރީ އޮފް ހޯމްއެފެއާރޒް ޑރ. މުޙައްމަދު ޖަމީލް އަޙްމަދާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ދައުލަތުގެ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންގެ އިތުރުން ލ. އަތޮޅުގެ ކައުންސިލް މެމްބަރުންނާއި ލ. އަތޮޅުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.

ޤައުމީ ދުވަސް ފާހަގަކުރުމަށް ލ. އަތޮޅު ކައުންސިލް އިދާރާގައި އޮތް ދިދަނެގުމުގެ ރަސްމިއްޔާތާއި ލ. އަތޮޅު ތަޢުލީމީ މަރުކަޒުގައި އޮތް ޤައުމީ ދުވަހުގެ ޚާއްސަ ޖަލްސާއާއި ކުޑަކުދިންގެ ހަވީރާއި ޕެރޭޑް ކުރިއަށް ދިޔަ ވަގުތު މަގުތަކުގެ ޓްރެފިކް ފުލުހުން ވަނީ ބަލަހައްޓައިފައެވެ.

މީގެ އިތުރުން ރައީސުލް ޖުމްހޫރިއްޔާ އެނބުރި މާލެ ވަޑައިގެންނެވުމަށް ލ. ކައްދޫ އެއަރޕޯރޓަށް ވަޑައިގެންނެވި ވަގުތު ކައްދޫ އެއަރޕޯރޓް ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމުގެ އިތުރުން ޤައުމީ ދުވަހަށް ވަޑައިގެންނެވި އިއްޒަތްތެރިން ތިއްބެވި ކައްދޫ ވީ.ވީ.އައި.ޕީ ސަރަހައްދުގެ ސެކިއުރިޓީ ބަލަހައްޓައި ދީފައިވާއިރު ލ. ފޮނަދޫ ކުރިގަމު އަވަށު ފުޓް ބޯޅަ ދަނޑުގައި ޤައުމީ ދުވަހާއި ގުޅިގެން ކުރިއަށް ގެންދިޔަ ކުޑަކުދިންގެ ހަވީރުގައި ފުލުހުންގެ ފަރާތުން ސްޓޯލް ބަހައްޓައި ފުލުހުންގެ ޔުނީފޯރމުގައި ފޮޓޯ ނެގުމުގެ ފުރުސަތާއި ފުލުހުންގެ އެކިކަންކަމުގައި ބޭނުން ކުރާ ބައެއް ޢާލާތްތައް ވެސް ކުދިންނަށް ވަނީ ދައްކާފައެވެ. 
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް