ފަހުގެ ޚަބަރު


އިތުރަށް...

ފްލައިމީ އިން ލ.އަތޮޅަށް ދެ ދުވަހުގެ ޚާއްސަ ފެއާއެއް

ލިޔުނީ: Unknown - Friday, January 25, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:

ފްލައިމީ އިން ލ.އަތޮޅަށް ދެ ދުވަހުގެ ޚާއްސަ ފެއަރއެއް ތައާރަފްކޮށްފި އެވެ.

މީޑީއާއަކަށް މައުލޫމާތު ދެއްވަމުން ފްލައިމީގެ މާރކެޓިން އެންޑް ކޮމިއުނިކޭޝަން މެނޭޖަރ އަހުމަދު ޝަރީފް ވިދާޅުވީ މިފެއަރގެ ދަށުން ލ.ކައްދުއަށް ޝެޑިއުލް ދަތުރުތައް ފެށުމުގެ ކުރިން މިއަދު މާލެއިން ކައްދުއަށް އަދި 27 ވަނަ ދުވަހު ކައްދޫން މާލެއަށް ދަތުރުކުރާ ޚާއްސަ ފްލައިޓުން ދަތުރު ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
މިފެއަރގައި އެއްކޮޅު ޓިކެޓެއްގެ އަގަކީ ފަސްސަތޭކަ ސާޅީސް ރުފިޔާ ކަމަށް ޝަރީފް ވިދާޅުވި އެވެ. އަދި މިފެއަރގެ ޓިކެޓް މިހާރު މާލެއާއި، ކައްދޫން ވެސް ލިބޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ. މީގެ އިތުރުން ފޮނަދޫ އޭފޯ ކުއެސްޓް ފިހާރައިންވެސް ލިބެން ހުރިކަމަށް އެ ފިހާރައިން މަޢުލޫމާތު ދެއެވެ.


ފްލައިމީން ލ.ކައްދުއަށް ޝެޑިއުލް ދަތުރުތައް ފެށުމަށް މަސައްކަތް ކުރަމުންދާއިރު، ދަތުރުތައް ފެށޭނެ ވަކި ތާރީޚެއް އަދި އެއަރލައިނުން ހާމަކޮށްފައެއް ނުވެ އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް