ފަހުގެ ޚަބަރު


އިތުރަށް...

މާވަށު ސްކޫލުގައި ނުނިމިހުރި މުހިންމު ކަންތައްތައް ކޮށްދެއްވާނެ ކަމަށް ޤާސިމް ވިދާޅުވެއްޖެ

ލިޔުނީ: Unknown - Friday, January 25, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ލ.އަތޮޅު މާވަށު ސުކޫލަށް މިވަގުތަށް އެންމެ ބޮޑަށް ބޭނުންވާ ކަންތައްތައް ކޮށްދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ލ.އަތޮޅުގެ ބައެއް ރަށްރަށަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ މާވަށަށް ވަޑައިގެން އެރަށު ސުކޫލުގެ އިސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.



މާވަށަށް ފަހު ދެން އެމަނިކުފާނު ވަޑާއިގެންނެވީ ކުނަހަންދު އަށެވެ. ކުނަހަންދޫއަށް ވަޑައިގެން އެރަށު ކައުންސިލާ ވެސް ބައްދަލުކުރައްވާފައި ވެއެވެ. ގާސިމް އިބްރާހީމް ލ.އަތޮޅަށް ކުރައްވާ މިދަތުރުފުޅުގައި އިއްޔެ ނޫން އިހައްދުވަހު އެމަނިކުފާނު ވަނީ ލ.އަތޮޅު މާމެންދުއަށާއި ހިތަދުއަށް ވަޑައިގެން އެދެ ރަށުގެ ބައެއް ރައްޔިތުންނާއި ބައްދަލުކުރައްވައި އެ ދެ ރަށުގެ ޢާންމު ހާލަތު ބައްލަވާލައްވާފައެވެ.


ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރ އަދި ޖުމުހޫރީޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ލ.އަތޮޅަށް މިކުރައްވާ ދަތުރުފުޅާއި ގުޅިގެން ޖުމުހޫރީޕާޓީއިން ވަނީ މި ރޭ ބޮޑު ޖަލްސާއެއް ބޭއްވުމަށް ހަމަޖައްސާފައެވެ. މިޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ލ.އަތޮޅު ގަމު ތުނޑީ އަވަށުގެ އިހައްދޫ ސުކޫލްގައެވެ.


މަޢުލޫމާތު ލިބިފައިވާ ގޮތުން މި ޖަލްސާގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ނިސްބަތްވާ 29 ކައުންސިލަރުން އެ ޕާޓީއަށް ސޮއި ކުރާނެއެވެ.


ޖުމުހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ލ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ މައިގަނޑު މަޤްސަދަކީ ރިޔާސީ އިންތިޚާބުގައި އެޕާޓީއަށް ތާޢީދު ހޯދުމަށާއި، އެޕާޓީއަށް މެންބަރުން އިތުރުކުރުންކަމަށް ޖުމުހޫރީ ޕާޓީއިން ބުނެ އެވެ. އަތޮޅުތެރޭގައި ބާއްވާ އެޕާޓީގެ ޖަލްސާއެއް ދެން އެންމެ އަވަހަށް އޮންނާނީ އައްޑޫސިޓީގައި ކަމަށްވެސް ޖުމުހޫރީޕާޓީއިން ވަނީ ބުނެފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް