ފަހުގެ ޚަބަރު


އިތުރަށް...

ލ. އަތޮޅުން ޕީޕީއެމް ގެ ގިނަ މެންބަރުން ތަކެއް ޖުމްހޫރީ ޕާޓީ އާއި ގުޅެމުން ދަނީ

ލިޔުނީ: Unknown - Friday, January 25, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ލ. އަތޮޅުގައި ތިބި ޕީޕީއެމްގެ މެންބަރުންނާއި ރަށްރަށުގެ ކައުންސިލް ތަކުގައި ތިއްބެވި ޕީޕީއެމްގެ ކައުންސިލަރުން ޖުމްހޫރީ ޕާޓީއާއި ގުޅެމުން އަންނަ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.
 
ނަން ހާމަ ކުރުމަށް ނުއެދޭ ޕީޕީއެމްގެ ސަޕޯޓަރަކު ބުނީ ފޮނަދޫ ރަށު ކައުންސިލްގެ ތިން މެންބަރުން ޖުމްހޫރީ ޕާޓީއަށް ސޮއިކުރުން މިރޭ އޮންނަ ޖަލްސާ އިން ފެނިގެން ދާނެ ކަމަށެވެ. އޭގެ އިތުރުން ކުނަހަންދޫ ކައުންސިލް މެންބަރަކާއި އަތޮޅުކައުންސިލްގައި ތިއްބެވި ޕީޕީއެމް އަށް ނިސްބަތްވާ 3 މެންބަރުންވެސް މިރޭ ސޮއި ކުރާނެއެވެ.

ކައުންސިލް މެންބަރުންގެ އިތުރުން ގިނަ ޢަދަދެއްގެ ޢާއްމުން ޖުމްހޫރީ ޕާޓީ އާއި ގުޅެމުން އަންނައިރު އޭގެ ތެރޭގައި ގިނައިން ހިމެނެނީ ޕީޕީއެމްގެ މެންބަރުން ކަމަށް އެލް.އޭ ނިއުސް އަށް ކަށަވަރު ވެފައި ވެއެވެ. އެގޮތުން ޕީޕީއެމް އިސް އެކްޓިވިސްޓްންގެ ގޮތުގައި ފޮނަދޫ އަދި ގަމުން ޙަރަކާތްތެރިވަމުން އައި ބައެއް ފަރާތްތައްވެސް މިހާރު ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފައި ވާކަންވެސް ވަނީ ޔަޤީން ކުރެވިފައެވެ.

ޕީޕީއެމްގެ ބައެއް މެންބަރުންނަށް ހީވެފައި ވާގޮތަށް ރިޔާސީ އިންތިޚާބްގައި މަޢުމޫނު ޢަބްދުލް ޤައްޔޫމް ހުންނަވާ ކޮޅަކަށް ޤާސިމް އިބްރާހިމް އަރާވަޑައެއް ނުގަންނަވާނެއެވެ. ހަމަ އެހެންމެ އެމްޑީޕީ އާއިވެސް ޤާސިމް ގުޅިވަޑައެއް ނުގަންނަވާނެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް